Last Updated: May 5, 06:00
Sunday, May 5, 2024
ޚަބަރު

"އައްޑޫ ކަރަންޓް މައްސަލަ މާދަމާ ހައްލުވާނެ"

މި ރޯރަ މަހު ރާއްޖޭގެ އެއްވެސް ރަށަކުން ކަރަންޓް ނުކެނޑޭ ކަމަށް ބުނެ ފެނަކަ ކޯޕަރޭޝަނުން ބުނެފައި ވަނިކޮށް އައްޑޫން މިހާރަކަށް އައިސް ކަރަންޓް ކެނޑޭ މައްސަލަ މާދަމާ ހައްލު ވާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ކަރަންޓް ކެނޑޭ މައްސަލައިގައި ބައެއް ފަރާތްތަކުން ހަގީގަތް އޮޅޭ ގޮތަށް ވާހަކަ ދައްކާ ކަމަށް ބުނެ ފެނަކައިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އައްޑޫގައި ބޭނުން ކުރަމުން އައި 750 ކިލޯ ވޮޓްގެ ޖަނަރޭޓަރުގެ ޓާބޯ އަށް ދިމާވި މައްސަލައަކާ ގުޅިގެން އައްޑޫގެ ރަށްތަކުން ކޮންމެ ދުވަހަކު ވެސް އެއް ގަޑިއިރަށް ކަރަންޓް ކަނޑާލަމުން ދާ ކަމަށެވެ.

އެ މައްސަލަ ހައްލު ކުރުމުގެ ގޮތުން، އިމަޖެންސީ ހާލަތުގައި ބޭނުން ކުރުމަށް އެ ރަށަށް ގެންގޮސްފައިވާ 800 ވޮޓްގެ ޖަނަރޭޓަރު އިންސްޓޯލް ކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް ވެސް ފެނަކައިން ބުންޏެވެ.

"އާ ޖަނަރޭޓަރު އިންސްޓޯލް ކުރަން ޖެހުނީ މައްސަލަ ޖެހުނު ޖަނަރޭޓަރުގެ ސްޕެއާ ބޭރުން ގެނައުމަށް ބޮޑު ހަރަދެއް ހިނގާތީ އާއި އެ ބައިތައް ރާއްޖެއަށް ގެންނަން ގިނަ ދުވަސްތަކެއް ނަގާނެތީ އެވެ. އަދި ކަރަންޓްގެ މައްސަލަ އަށް އޮތް ހައްލަކީ ހަލާކުވި ޖަނަރޭޓަރުގެ ބަދަލުގައި އެހެން ޖަނަރޭޓަރެއް ބެހެއްޓުމުންނެވެ. "ބަޔާނުގައިވެ އެވެ. "އައްޑޫގެ ކަރަންޓްގެ ހާލަތު މިހާރަށް ވުރެ ރަނގަޅު ކުރުމަށް ކުރާ މަސައްކަތުގެ ދަށުން އިތުރު ދެ މެގަ ވޮޓްގެ އިންޖީނެއް ހޯދުމަށް މި މަސް ނިމުމުގެ ކުރިން ބަޔަކާ ހަވާލު ކުރެވޭނެ އެވެ. އަދި އައްޑޫގައި ހުރި 1.6 މެގަ ވޮޓްގެ ޖަނަރޭޓަރެއް ވެސް މަރާމާތު ކުރުމަށް ބޭނުންވާނެ ސްޕެއާ ހޯދުމުގެ މަސައްކަތް ވެސް މިހާރު އަންނަނީ ކުރަމުންނެވެ."