Last Updated: April 26, 10:28
Friday, April 26, 2024
ޚަބަރު

ރޯދަ މަހު ހެޔޮ ގޮތުގައި ވަގުތު ހޭދަކުރަން ޖެހޭ

ރޯދަ މަހާ މިއަދު ކުރިމަތިލި އިރު ނިކަމެތިންގެ މަތިން ހަނދާންކޮށް، ހެޔޮ ގޮތުގައި ވަގުތު ހޭދަކުރަން ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފި އެވެ.

އެ މަނިކުފާނު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރޯދަ މަހަކީ ﷲ އަށް ކުއްތަންވުމުގެ މައްސަރު ކަމަށެވެ.

"ރޯދަ މަހަކީ ބަނޑުހައި ހޫނުކަމުގައި ތިބޭ ނިކަމެތިންގެ މަތިން ހަނދާންކޮށް އަޅާލައި ހެޔޮ ގޮތުގައި ވަގުތު ހޭދަކޮށް ﷲ ގެ ކިބަފުޅަށް ކުއްތަންވުމުގެ މާތް މައްސަރު،" މަޖިލީހުގެ ރައީސް ވިދާޅުވި އެވެ. "[މިއީ] ފިތުރަތުގެ ސާފު ހަމަތަކަށް ތިމާގެ ހިތާއި ސިކުނޑި ގެންދާ މައްސަރު."

އިސްލާމީ ގިނަ ގައުމުތަކަށް މިއަދަކީ ރޯދަ މަހުގެ ފުރަތަމަ ދުވަހެވެ. ރޯދަ އަކީ މުސްލިމުންގެ ތިން ވަނަ ރުކުނެވެ. އަދި މި މަހަކީ އިންސާނާގެ ނަފުސު އިސްލާހުވުމަށް މަގުފަހިކޮށްދޭ ވަރަށް މާތް މަހެކެވެ.