Last Updated: March 29, 17:30
Friday, March 29, 2024
މުނިފޫހިފިލުވުން

ނިކޮލަސް ކޭޖަކީ ޑްރެކިއުލާއެއް

ހޮލީވުޑްގެ ތަރި، ނިކޮލަސް ކޭޖް ޑްރެކިއުލާއެއްގެ ރޯލުން ބެލުންތެރިން ބިރުގަންނުވައިލަން ތައްޔާރުވެއްޖެ އެވެ.

މިހާތަނަށް ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ 59 އަހަރުގެ އެކްޓަރު ޑްރެކިއުލާއެއްގެ ރޯލުން ފެންނާނީ އަންނަ މަހުގެ 14 ގައި ޔުނިވާސަލް ޕިކްޗާސް އިން ރިލީޒްކުރާ ކޮމެޑީ ހޮރޯ "ރެންފީލްޑް" އެވެ. މި ޒަމާނާ ގުޅޭ ގޮތަށް ހަދާފައިވާ މި ޑްރެކިއުލާ ފިލްމަކީ ކްރިސް މެކޭގެ ޑައިރެކްޝަނެކެވެ. އޭނަ އަކީ 2021 ގެ "ދަ ޓުމޯރޯ ވޯ' ގެނެސްދިން ޑައިރެކްޓަރެވެ.

"ރެންފީލްޑް" ކާސްޓްގައި ކޭޖާ އެކީ ނިކޮލަސް ހޯލްޓް، އޯކަފިނާ، ބެން ޝްވެޒް އަދި އެޑްރިއަން މާޓިނެޒް ހިމެނެ އެވެ.