Last Updated: March 28, 17:07
Thursday, March 28, 2024
މުނިފޫހިފިލުވުން

ޝިލްޕާ އަށް އާ ފިލްމެއް

ބޮލީވުޑްގެ ބަތަލާ ޝިލްޕާ ޝެޓީ އާ ފިލްމަކަށް ސޮއިކޮށްފި އެވެ.

އޭނަ އެ ފިލްމުން ފެންނާނެ ގޮތުގެ ފަސްޓްލުކް ވެސް މިހާރު ދައްކާލާފައިވާ އިރު، މި ފިލްމަކީ ކަންނާޑާ އެކްޓަރު ދުރޫވް ސަރްޖާގެ "ކޭޑީ: ދަ ޑެވިލް" އެވެ. ނަވާރަ ސަތޭކަ ހަތްދިހައިގެ އަހަރުތަކެއް ހާދިސާތަކެއް ދައްކުވައިދޭ ފިލްމުގައި ޝިލްޕާ ކުޅޭނީ ސަތިއަވަތީ ކިޔާ ކެރެކްޓާއެކެވެ.

ކަންނާޑާ ބަހުގެ އިތުރުން ހިންދީ އާއި ތަމަޅަ، ތެލެގޫ އަދި މަލަޔާޅަމް ބަހުން ގެނެސްދޭނެ މި ފިލްމުގެ ކާސްޓްގައި ސަންޖޭ ދަތާއި ވީ ރަވީޗަންދަރަން ވެސް ހިމެނެ އެވެ.

އެކްޓިންއާ ދުރުގައު ހުންނަތާ ގިނަ ދުވަސްތަކެއް ފަހުން ޝިލްޕާ، 47، އެނބުރި އައި ފލްމަކީ 2021 ގެ "ހަންގާމާ" އެވެ. އޭގެ ފަހުން މިދިޔަ އަހަރުގެ "ނިކައްމާ" ގެ ސަޕޯޓިން ރޯލަކުން ވެސް ޝިލްޕާ ފެނިފައިވެ އެވެ. ބެލުންތެރިންގެ ވަރަށް ބޮޑު މަގުބޫލު ކަމެއް ހޯދި 2000 ވަނަ އަހަރުގެ "ދަޅުކަން" ގެ ބަތަލާގެ ކުރިއަށް ހުރި ޕްރޮޖެކްޓްތަކުގެ ތެރޭގައި "ސުކީ" އާއި އެމެޒޯން ޕްރައިމް ވީޑިއޯގެ ވެބް ސީރީޒް "އިންޑިއަން ޕޮލިސް ފޯސް" ހިމެނެ އެވެ.