Last Updated: April 23, 23:56
Tuesday, April 23, 2024
ޚަބަރު

ސްޕޯޓްސް އެވޯޑަކީ ދުނިޔެ ބަލައިގަންނަ އެވޯޑެއް

މޯލްޑިވްސް ސްޕޯޓްސް އެވޯޑަކީ ދުނިޔެ ބަލައިގަންނަ ވަރުގެ އެވޯޑަކަށް ވެފައިވާ ކަމަށް ޔޫތް މިނިސްޓަރު އަހުމަދު މަހްލޫފް ވިދާޅުވެއްޖެ އެވެ.

މަހުލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދުނިޔެ ބަލައިގަންނަ ވަރުގެ ބޮޑު އަދި މުހިއްމު އެވޯޑަކަށް "މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް" ވެފައިވާކަމީ ބޮޑު އުފަލެއް ކަމަށެވެ. އެގޮތުން މިދިޔަ ހުކުރު ދުވަހު ބޭއްވި ސްޕޯޓްސް އެވޯޑު ހަފްލާގައި ނައިޖީރިއާގެ ޔޫތް މިނިސްޓަރު ސަންޑޭ އަށް ލިބުނު އެވޯޑު ނައިޖީރިއާގެ ރައީސް ބުހާރީ އަށް އަރުވާފައިވާ ކަމަށް މަހުލޫފް ވިދާޅުވި އެވެ. އަދި މިދިޔަ އަހަރު ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝެއިހް ހަސީނާ އަށް ވެސް އެވޯޑް އަރުވާފައިވާ ކަމަށް ވިދާޅުވި އެވެ.

"މޯލްޑިވްސް ސްޕޯޓްސް އެވޯޑް"އަކީ ރާއްޖޭގައި ބޭއްވޭ ކުޅިވަރުގެ ދާއިރާގެ އެންމެ ބޮޑު އެވޯޑް ޙަފްލާ އެވެ. އެގޮތުން ކުޅުންތެރިންނާއި ކޯޗުންނާއި ކުޅިވަރުގެ އޮފިޝަލުން އަދި ކުޅިވަރުން ރަން ވަނަތައް ހޯދާ ކުޅުންތެރިންނަށް ވެސް އެވޯޑް ދީފައިވެ އެވެ.

ސްޕޯޓްސް އެވޯޑި ހަފްލާގައި އަހަރުގެ އެންމެ މޮޅު އެތުލީޓުގެ މަގާމު ޓޭބަލް ޓެނިސް ކުޅުންތެރިޔާ، ފާތިމަތު ދީމާ އަލީ އާއި ބޮޑީބިލްޑަރު، އަޒްނީން ރަޝާދު ވަނީ ހާސިލުކޮށްފަ އެވެ. އެ އެވޯޑް ޙަފްލާގައި، "ލައިފްޓައިމް އެޗީވްމެންޓް އެވޯޑް" ހޯދި 5 ބޭފުޅުންގެ އެވޯޑާއި، "ސްޕޯޓްސް އައިކަން އެވޯޑް" ހޯދި 8 ބޭފުޅުންނަށާއި، "ސްޕެޝަލް ރިކޮގްނިޝަން އެވޯޑް" ހޯދި 16 ބޭފުޅުންނަށް ވެސް ވަނީ އެވޯޑު ހަވާލުކޮށްފަ އެވެ.

އެ އެވޯޑު ހަފްލާ އަށް ރާއްޖެ އިން ބޭރުގެ ކުޅިވަރުގެ ތަފާތު އެކި ޝަހުސިއްޔަތުތައް ވަނީ ރާއްޖެ އައިސްފަ އެވެ. އޭގެތެރޭގައި 2006 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބު ކުރި އިޓަލީގެ ޓީމުގެ ކެޕްޓަން ފަބިއޯ ކަނަވާރޯ ހިމެނެ އެވެ.