Last Updated: April 26, 10:52
Friday, April 26, 2024
މުނިފޫހިފިލުވުން

"ބޯލާ" ގެ އެކްޝަންތައް ބައްޕަ އަށް ޑެޑިކޭޓް

މި މަހުގެ 30 ގައި ރިލީޒްކުރަން ހަމަޖެހިފައިވާ ފިލްމު "ބޯލާ" ގެ އެކްޝަން މަންޒަރުތައް ޑެޑިޑޭޓްކޮށްފައި ވަނީ ބައްޕަ އަދި ކުރީގެ ކުޅަދާނަ އެކްޝަން ޑައިރެކްޓަރު ވީރޫ ދޭވްގަނަށް ކަމަށް ބުނެ، ފިލްމުގެ ވަރަށް ހާއްސަ މަންޒަރަކަށް ކޮށްފައިވާ މަސައްކަޔްތައް އަޖޭ ސޯޝަލް މީޑިއާގައި މިއަދު ދައްކާލައިފި އެވެ.

މިއީ އޭނަ ޑައިރެކްޓްކޮށް، ކުޅުނު ހަތަރު ވަނަ ފިލްމުގައި ހިމެނޭ ހަ މިނިޓްގެ މަންޒަރެކެވެ. މީގައި ފެންނާނީ ސައިކަަލެއްގައި ޓްރަކެއް އަތުލާންކުރާ ނުރައްކާތެރި މަންޒަރެކެވެ. މި މަންޒަރަށް ކުރި މަސައްކަތް ހިއްސާކޮށް އެ މަންޒަރަކީ ތިން މަސް ދުވަހުން ޕްލޭންކޮށް ރިހާސްކޮށް، 11 ދުވަހުގެ ތެރޭގައި ޝޫޓްކުރި، ވަރަށް ނުރައްކާތެރި މަންޒަރެއް ކަމަށެވެ. އަދި "ބޯލާ" ގައި މީގެ ކުރިން އިންޑިއާގެ ފިލްމަކުން ފެނުފައި ނުވާ ކަހަލަ ވަރުގަދަ، ތަފާތު އެކްޝަން މަންޒަރުތަކެއް ފިލްމުން ފެންނާނެ ކަމަށް އަޖޭ ބުންޏެވެ.

މިހާތަނަށް އެތައް ފިލްމެއް ކުޅެފައިވާ އަޖޭ އަކީ އެކްޝަން ރޯލުތަކަށް ވަރަށް ފަރިތަ، އަދި ފިލްމުތަކުން ވަރަށް ގިނަ ސްޓަންޓް ވެސް ހަދާފައިވާ ޖެހިލުން ކުޑ އެކްޓަރެކެވެ. އެގޮތުން އޭނަގެ ފުރަތަމަ ފިލްމު 1991 ގެ "ޕޫލް އޯރް ކާންޓޭ" ގައި އަޖޭ ތައާރަފުކޮށްދޭ މަންޒަރުގައި ދެ ސައިކަލެއްގެ މައްޗަށް ކޮއްޅަށް ހުރެގެން ގެނެސްދިން މަންޒަރަކީ ފަހުން އަޖޭގެ ސިގްނޭޗާ މަންޒަރެކެވެ. އެ ސްޓަންޓް އެތައް ފިލްމެއްގައި އޭނަ ހަދާފައިވެ އެވެ.

މި އަހަރުގެ އެންމެ އުންމީދީ ފިލްމުތަކުގެ ތެރޭގައި ހިމެނޭ "ބޯލާ" އަކީ 2019 ގެ ތަމަޅަ ފިލްމު "ކައިތީ" އަސްލަކަށް ބަލައިގެން ހަދާފައިވާ އެއްޗެކެވެ. ޖުމްލަ 100 ކްރޯޑް ރުޕީސް 12.2 މިލިއަން ޑޮލަރު) ގެ ބަޖެޓަޖުން ހަދާފައިބާ މި ފިލްމުގެ މުހިއްމު ރޯލަކުން ތައްބޫ ވެސް ފެންނާނެ އެވެ.

އެތައް ފިލްމެއްގެ އެކްޝަން މަންޒަރުތައް ޑައިރެކްޓްކޮށްފައިވާ އަޖޭގެ ބައްޕަ ވީރޫ 84 އަހަރުގައި މަރުވީ 2019 ގަ އެވެ. އޭނަ ވަނީ 1974-2019 އަށް 200 އަށް ވުރެ ގިނަ ފިލްމުގެ އެކްޝަން މަންޒަރުތައް ޑައިރެކްޓްކޮށްފަ އެވެ. އަޖޭ ބުނީ އެކްޝަން އިން އޭނަ އަށް ދަސްވި ހުރިހާ އެއްޗެއް ދަސްވީ ބައްޕަގެ ފަރާތުންނެވެ.