Last Updated: March 29, 11:09
Friday, March 29, 2024
ޚަބަރު

ނައިބު ރައީސް މާދަމާ އައްޑު އަށް

މާދަމާ ރޭ އައްޑޫގައި ބާއްވާ އިހްޔާ ނައިބް ރައީސް ފައިސަލް ނަސީމް ބައިވެރި ވަޑައިގަންނަވައިފި / ފޮޓޯ: ރައީސް އޮފީސް

އައްޑޫގައި މާދަމާ ރޭ ބާއްވާ އިހްޔާ ފޯރަމުގައި ނައިބް ރައީސް ފައިސަލް ނަސީމް ބައިވެރިވަޑައިގަންނަވާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

ނައިބް ރައީސް ފައިސަލް ނަސީމް އައްޑޫއަށް ވަޑައިގެން ހިތަދޫ ބަނދަރު ސަރަހައްދުގައި ޤާއިމްކޮށްފައިވާ މިސްކިތް ހުޅުވުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން އިސްލާމިކް މިނިސްޓްރީގެ މަޝްރޫޢެއް ހަވާލު ކުރުމުގެ ރަސްމީއްޔާތުގައި ވެސް އެމަނިކުފާނު ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. އަދި މަދަމާ ރޭ ބާއްވާ މިއަހަރުގެ އަތޮޅުތެރޭ ބާއްވާ ފުރަތަމަ އިހްޔާ ފޯރަމުގައިވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ.

އެހެން އަހަރުތަކެކޭ އެއްގޮތަށް އިސްލާމިކް މިނިސްޓްރީން މިއަހަރުވެސް ރޯދަމަހުގެ ރޭތައް އިހްޔާ ކުރުމުގެ ހަރަކާތް ބާއްވަން އިސްލާމިކް މިނިސްޓްރީން ވަނީ ކަނޑައަޅާފައެވެ. މިގޮތުން ބާއްވާ ފަރޯމްތަކުގެ ތެރެއިން އަތޮޅު ތެރޭގައި ބާއްވާ ފުރަތަމަ ފޯރަމް މާދަމާ ރޭ އައްޑޫ ހައި ސްކޫލުގައި އޮންނާނެއެވެ.

އަތޮޅުތަކުގައި ބާއްވާ އެންމެ ފުރަތަމަ އިޙްޔާ ޕްރޮގްރާމް އޮންނާނީ އައްޑޫ ސިޓީގައެވެ. އައްޑޫ ސިޓީގައި ކުރިއަށް ގެންދާ އިހްޔާ ޕްރޮގްރާމް އޮންނާނީ ހުކުރު ދުވަހުގެ ރޭ (24 މާރިޗް 2023) އައްޑޫ ހައި ސްކޫލް ހޯލްގައެވެ. ”ލޮބުވެތި ނަބިއްޔާ ﷺ ގެ ޙަޔާތްޕުޅުން” މި މައުޟޫޢުއަށް ތަޤްރީރުކުރައްވާނީ އަލްއުސްތާޛް މުޙައްމަދު އަނީލް އަދި ޑރ. ޢަލީ ޒާހިރުއެވެ.

މިއަހަރު ޖުމްލަ 17 އިޙްޔާ ޕްރޮގްރާމް ބޭއްވުމަށް ހަމަޖެހިފައިވާއިރު މާލޭގައި 9 ޕްރޮގްރާމް އަދި އަތޮޅުތަކުގައި 8 ޕްރޮގްރާމް ކުރިއަށް ގެންދާނެއެވެ.