Last Updated: April 25, 22:42
Friday, April 26, 2024
ޚަބަރު

ޓްރާންސެކްޝަން އުސޫލުން ވޯޓް ހޯދުމަކީ ވޯޓް ގަތުން

ޓްރާންސެކްޝަން އުސޫލުން ޕާޓީތަކުން ވޯޓް ހޯދަން އުޅުމަކީ ވޯޓް ގަންނަން އުޅުކަމަށް ވިދާޅުވެ، ޕާޓީތަކަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ފާޑު ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ ރައީސްގެ މަގާމުގައި ވެސް ހުންނެވި ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސިޔާސީ ޕާޓީތަކުން ރިޔާސީ އިންތިހާބަށް ކުރާ ދަތުރުތަކުގައި ތަންފީޒު ކުރުމަށް ވައުދުވާ ސިޔާސަތުތައް އެކުލަވާލުމަކީ އެންމެ މުހިއްމު ކަންތައް ކަމަށެވެ.

"ޓްރާންސެކްޝަން އުސޫލުން ވޯޓް ހޯދަން އުޅުމަކީ ވޯޓް ގަންނަން އުޅުން،" އަމިއްލަފުޅު ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ ދެކޮޅަށް ހުންނެވި ނަޝީދު ވިދާޅުވި އެވެ. "އަޅުގަނޑު ދެކޭ ގޮތުގައި އެއީ ނާކާމިޔާބުގެ އަސްލު."

މި އަހަރުގެ ރިޔާސީ އިންތިހާބު ސެޕްޓެމްބަރު 9 ގައި ބާއްވަން ނިންމާފައިވާ އިރު، ޕާޓީތަކުން އަންނަނީ އިންތިހާބަށް ތައްޔާރީތައްވަމުންނެވެ. އެގޮތުން ނަޝީދު މިހާރު ގެންދަވަނީ އެ މަނިކުފާނުގެ "ފިކުރެއްގެ ދިރުން" ފެކްޝަނާއި ގާސިމް އިބްރާހީމްގެ ޖުމްހޫރީ ޕާޓީއާ ގުޅިގެން މެނިފެސްޓޯއެއް އެކުލަވާލުމާ ގުޅޭ މަޝްވަރާތަކެއް ކުރައްވަމުންނެވެ.