Last Updated: April 26, 15:47
Friday, April 26, 2024
މުނިފޫހިފިލުވުން

ޑައިރެކްޓަރު ޕްރަދީޕް ސަރުކާރު މަރުވެއްޖެ

"ޕަރިނީތާ" އާއި "ހެލިކޮޕްޓާ އީލާ" ފަދަ ފިލްމުތައް ގެނެސްދިން ބޮލީވުޑްގެ ޑައިރެެކްޓަރު ޕްރަދީޕް ސަރުކާރު މިއަދު މަރުވެއްޖެ އެވެ.

މީޑިއާތަކުން ބުނި ގޮތުގައި 68 އަހަރުގެ ޑައިރެކްޓަރު މަރުވީ ރޭ މެންމަދުގެ ވަގުތެއްގަ އެވެ. ޕްރަދީޕް މަރުވި އިރު، އޭނަ ގެންދިޔައީ ޑައިލިސިސް ހަދަމުންނެވެ.

އޭނަގެ މަރާ ގުޅިގެން ބޮލީވުޑްގެ ވަރަށް ގިނަ ބަޔަކު ޓްވިޓާގައި ހިތާމަ ފާޅުކޮށްފައިވެ އެވެ. ޕްރަދީޕް މަރުވި އިރު އޮތީ ބަތަލާ ކަންގަނާ ރަނާވަތު ހިމަނައިގެން ފިލްމެއް ވެސް މިދިޔަ އަހަރު އިއުލާންކޮށްފަ އެވެ.

އޭނަގެ އެންމެ ފަހުގެ ފިލްމަކީ ކާޖޮލްއާ އެކީ ގެނެސްދިން 2018 ގެ "ހެލިކޮޕްޓާ އީލާ" އެވެ. ޕްރަދީޕް ޑައިރެކްޓްކުރި ފިލްމުތަކުގެ ތެރޭގައި ރާނީ މުކަރްޖީގެ 2014 ގެ "މަރުދާނީ" އާއި 2007 ގެ "ލާގަ ޗުނުރީ މޭ ދާގު" އާއި ދީޕިކާ ޕަދްކޯންގެ 2010 ގެ "ލަފަންގޭ ޕަރިންދޭ" ގެ އިތުރުން ވިދިޔާ ބާލަންގެ 2005 ގެ "ޕަރިނީތާ" ހިމެނެ އެވެ.

ޕްރަދީޕްގެ ޖަނާޒާ ބާއްވަން ހަމަޖެހިފައި ވަނީ މިއަދު ހަވީރު 4:00 ގަ އެވެ.