Last Updated: April 20, 14:49
Saturday, April 20, 2024
މުނިފޫހިފިލުވުން

ބަތަލާ ރިޝްފާ އަލުން ކައިވެނިކޮށްފި

މިދިޔަ އަހަރުގެ ފަހުކޮޅު މަސްތުވާތަކެތީގެ މައްސަލައެއްގައި ބެދުނު ފިލްމީ ތަރި އައިމިނަތު ރިޝްފާ ދެވަނަ ކައިވެންޏެއްކޮށްފި އެވެ.

އެނގިފައިވާ ގޮތުގައި އޭނަ ރޭ ކައިވެނިކުރީ ޔާން އަހުމަދު (ޔާނު) ކިޔާ މީހަކާ އެވެ. ރިޝްފާގެ ކުރީގެ ކައިވެންޏަށް އަންހެން ދަރިއަކު ލިބިފައިވެ އެވެ.

"ހީލާ ބެލީމާ" ވީޑިއޯ ލަވައިން ފިލްމީ ދާއިރާ އަށް ނުކުތް ރިޝްފާ މިހާތަނަށް ފިލްމުތަކާއި ޓީވީ ސިލްސިލާތަކާއި ވެބް ސީީރީޒްތަކުން ވެސް ފެނިފައިވެ އެވެ. އޭނަ ކުޅުނު ފިލްމުތަކުގެ ތެރޭގައި "ދިލަކަނި"، "އަހުޝަމް"، "ނޭނގި ޔާރު ވަކިވީ" އަދި "ހައްދު" ހިމެނެ އެވެ.

ރިޝްފާގެ ކުރިއަށް އޮތް ފިލްމަކީ މެއި 3 ގައި އޮލިމްޕަސް ސިނަމާ އަށް ގެންނަން ނިންމާފައިވާ "ލޯބިވެވިއްޖެ" އެވެ.