Last Updated: April 25, 22:42
Thursday, April 25, 2024
މުނިފޫހިފިލުވުން

ރިއާނާގެ ގެއަށް ވަންނަން އުޅުނު މީހަކު ހައްޔަރުކޮށްފި

ދެވަނަ ދަރިފުޅަށް ބަލިވެއިން މަޝްހޫރު ލަވަކިޔުންތެރިޔާ ރިއާނާގެ ގެއަށް ވަންނަން އުޅުނު މީހަކު ހިފަހައްޓައި ފުލުހުންނާ ހަވާލުކޮށްފި އެވެ.

މީޑިއާތަކުން ބުނީ ބާބެޑޯސް އަށް އުފަން ލަވަކިޔުންތެރިޔާގެ އެމެރިކާގެ ކެލިފޯނިއާގެ ގެއަށް މީހަކު ވަންނަން އުޅުނީ ރޭ ދަންވަރު 12:30 އެހާކަށްހާ އިރު ކަމަށެވެ. އެކަމަކު އޭރު ރިއާނާގެ ބައިވެރިޔާ އޭސަޕް ރޮކީ ގޭގައި އުޅޭ ކަމެއް ނުވަތަ ނޫން ކަމެއް ސާފު ނުވާ ކަމަށް މީޑިއާތަކުން ބުންޏެވެ.

ރިއާނާގެ ގެއަށް ވަންނަން އުޅުނު މީހާ ބުނެފައި ވަނީ އެކަން ކުރަން ރިއާނާ އަށް ޕްރޮޕޯސްކުރަން ކަމަށެވެ. ނަމަވެސް ގޭގެ ސެކިއުރިޓީން އޭނަ ހިފަހައްޓައި ފުލުހުންނާ ހަވާލުކޮށްފައިވެ އެވެ.

އެ މައްސަލަ ފުލުހުން މިހާރު އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ. ނަމަވެސް އެ މީހާއާ ބެހޭ އިތުރު އެއްވެސް މައުލޫމާތެއް ހާމައެއް ނުކުރެ އެވެ.

ދެހާސް އަށާރަ ވަނަ އަހަރު ރިއާނާގެ ގެއަށް ވަދެ ފިލައި އޮތް މީހެއްގެ މައްސަލަ ބަލާފައިވެ އެވެ. އެ ފަހަރު އެކަން ކުރީ އެޑްއެޑޯ ލިއޯން ކިޔާ މީހެކެވެ.