Last Updated: April 19, 11:14
Friday, April 19, 2024
މުނިފޫހިފިލުވުން

އާ ޖޯޑަކީ ޒޭން އާއި ސެލީނާ؟

މަޝްހޫރު ލަވަކިޔުންތެރިން ކަމަށްވާ ސެލީނާ ގޮމޭޒާއި ޒޭން މާލިކް ޑޭޓްކުރަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މީޑިއާތަކުން ބުނެފައިވާ ގޮތުގައި ކުރީގެ އިނގިރޭސި ބޭންޑް "ވަން ޑިރެކްޝަން" ގެ މެންބަރު ޒޭން، 30، އާއި އެމެރިކާ އަށް އުފަން ލަވަކިޔުންތެރިޔާ ސެލީނާ، 30، މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ނިއު ޔޯކުން އެކީގައި ފެނިފައިވެ އެވެ. އެގޮތުން ދެ މީހުން އެކީގައި ރެސްޓޯރަންޓަކުން ވެސް ފެނިފައިވާ ކަމަށާއި ފަހުން އަތު ގުޅާލައިގެން ވަރަށް ގައިގޯޅިކޮށް އުޅުނު މަންޒަރުތަކެއް ވެސް ފެނުނު ވާހަކަ ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވެ އެވެ.

މީގެ އިތުރުން ސެލީނާ އާއި ޒޭން އެކީގައި ފެނުނު ކަމަށް ބުނެ ފޭނަކު ޓިކްޓޮކްގައި ވެސް އެ ވާހަކަ ހިއްސާކޮށްފައިވެ އެވެ.

ޒޭން އަކީ ގިނަ ދުވަސްތަކެއް ވަންދެން މަޝްހޫރު މޮޑެލް ޖިޖީ ހަޑީޑްއާ ރައްޓެވިގެން އުޅުނު ފަންނާނެކެވެ. އެ އެ ދެ މީހުން 2021 ގައި ރުޅިވި އިރުމ، ދަރިޔަކު ވެސް ލިބިފައިވެ އެވެ.

ސެލީނާ ކުރިން ޑޭޓްކުރި މީހުންގެ ތެރޭގައި މޮޑެލް، ހެއިލީއާ ކައިވެނިކޮށްގެން އުޅޭ ލަވަކިޔުންތެރިޔާ ޖަސްޓިން ބީބާގެ އިތުރުން ލަވަކިޔުންތެރިޔާ ދަ ވީކެންޑް ހިމެނެ އެވެ.

މީގެ އިތުރުން ހޮލީވުޑްގެ ފިލްމީ ތަރި ކްރިސް އިވަންސް އާއި އެކްޓަރު ނާތު ވުލްފްއާ ވެސް މަޝްހޫރު ލަވަކިޔުންތެރިޔާ ރައްޓެހިވިކަމުގެ އަޑުތަކެއް އަރާފައިވެ އެވެ.