Last Updated: April 26, 06:56
Friday, April 26, 2024
ޚަބަރު

އިސްލާމިކް މިނިސްޓްރީގެ އައުޓްރީޗް ޕްރޮގްރާމް ހަވީރު

އިސްލާމިކް މިނިސްޓްރީން ރޯދަ މަހު ބާއްވާ އައުޓްރީޗް ޕްރޮގްރާމް މި އަހަރު ވެސް ކުރިއަށް ގެންދާނެ ކަމަށް އެ މިނިސްޓްރީން ބުނެފި އެވެ.

މިނިސްޓްރީން ބުނީ ކުޑަކުދިންނަށް ހާއްސަ އެ ޕްރޮގްރާމް ކުރިއަށް ދާނީ ކޮންމެ ހޮނިހިރު ދުވަހެއްގެ ހަވީރު 4:00 އިން 6:00 އަށެވެ.

އެގޮތުން މިއަދުގެ ޕްރޮގްރާމް އެ ގަޑީގައި އިސްލާމީ މަރުކަޒުގެ މާބްލް ސަރަހައްދުގައި އޮންނާނެ އެވެ. މީގެ ތެރޭގައި ކުޑަކުދިންގެ ތަފާތު ގޭމްތަކާއި ދީނީ ކައުންސެލިން އާއި އާއި ސުވާލާއި ޖަވާބު ސްޓޯލްތަކުގެ އިތުރުން ކުދިންނަށް ބައިވެރިވެވޭނެ ތަފާތު ކަންކަން ހުންނާނެ އެވެ.

މީގައި ބައިވެރިވެގެން އިނާމުތަކާއި ހަދިޔާތައް ވެސް ހޯދޭނެ އެވެ.