Last Updated: April 19, 17:13
Friday, April 19, 2024
ޚަބަރު

މެރިޓައިމް ދާއިރާގެ ދެ ސްކޮލަޝިޕަކަށް ހުޅުވާލައިފި

އިންޓަނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަން (އައިއެމްއޯ) ގެ ދެ ސްކޮލަޝިޕަކަށް ކުރިމަތިލުމުގެ ފުރުސަތު ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ހުޅުވާލައިފި އެވެ.

މިއީީ މާސްޓާސް އޮފް ލޯ އިން އިންޓަނޭޝަނަލް މެރިޓައިމް ލޯ އާއި މާސްޓާސް އޮފް ހިއުމަނިޓީސް އިން އިންޓަނޭޝަލް މެރިޓައިމް ލެޖިސްލޭޝަން ދާއިރާ އިން ދޭ ސްކޮލަޝިޕްތަކެވެ. މި ސްކޮލަޝިޕްތަކަށް ޝައުވެރިވާ މީހުންނަށް އެޕްލައި ކުރުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ އަންނަ މަހުގެ 2 އެވެ.

މި ސްކޮލަޝިޕްތަކުގައި ކިޔަވަން ދާން ޖެހެނީ މޯލްޓާއަށެވެ. ސްކޮލަޝިޕަށް ހޮވޭ ދެ މީހުންގެ ހުރިހާ ހަރަދެއް ވެސް ހަމަޖައްސާނީ ކޯސް އިންތިޒާމު ކުރަނީ ފަރާތުން ކަމަށެވެ. އެޕްލައި ކުރާ މީހުންގެގެ ތެރެއިން ދެ މީހަކު ނޮމިނޭޓް ކުރެވޭއިރު، އެ މީހުންގެ އެޕްލިކޭޝަންތައް ކަމާބެހޭ ފަރާތަށް ހުށަހަޅާނެއެވެ. އަދި މިސްކޮލަޝިޕްގެ ފައިނަލް ސިލެކްޝަން ހަދާނީ ސްކޮލަޝިޕް އިންތިޒާމު ކުރާ ފަރާތުންނެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނީ ސްޓޫޑެންޓް ލޯނު ސްކީމަކަށް ހޮވިފައިވާ ކެންޑިޑޭޓުން ލޯނު އެގްރީމެންޓްގައި ސޮއިނުކުރާ ނަމަ ސްކޮލަރޝިޕް ފުރުސަތަށް ހުށަހެޅޭނެ ކަމަށެވެ. އަދި، ސްކޮލަރޝިޕްއަށް ނޮމިނޭޓްވުމުން ލޯނުގެ ފުރުސަތު ދޫކޮށްލަން ޖެހެ އެވެ. އަދި އެހެން ސްކޮލަޝިޕަކަށް ނޮމިނޭޓްވެފައިވާ ކެންޑިޑޭޓެއް މި ސްކޮލަޝިޕް ފުރުސަތަށް ނޮމިނޭޓް ނުކުރެވޭނެ އެވެ.