Last Updated: March 29, 11:09
Friday, March 29, 2024
ޚަބަރު

މިރޭގެ އިހުޔާ ޕްރޮގްރާމްގައި "މަރާއި މަރު ހިއްޕެވުން"

މިރޭ ބާއްވަން ހަމަޖެހިފައިވާ އިހުޔާ ފޯރަމް އޮންނާނީ "މަރާއި މަރު ހިއްޕެވުން" މި މައުޟޫ އަށް ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

މިރޭ 9:30 ގައި އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި ބާއްވާ ފޯރަމްގައި ތަގުރީގު ކުރައްވާނީ ޝެއިހް ފައްޔާޒް އަލި މަނިކާއި ޑރ. އަބްދުއްސައްތާރު އަބްދުލްރަހުމާނެވެ. މިރޭގެ ފޯރަމް ޕީއެސްއެމްގެ ޓީވީއެމާއި މުންނާރު ޓީވީގެ އިތުރުން އިސްލާމިކް މިނިސްޓްރީގެ ސޯޝަލް މީޑިއާއިން ވެސް ލައިވްކުރާނެ އެވެ.

މިރޭގެ އިހުޔާ ފޯރަމަކީ މި ރޯދަ މަހު މާލޭގައި ބާއްވާ ދެވަނަ ފޯރަމެވެ.

މިދިޔަ ހުކުރު ދުވަހުގެ ރޭ ފޯރަމް ބޭއްވީ އައްޑޫ ހިތަދޫގަ އެވެ. އޭގައި "ލޮބުވެތި ނަބިއްޔާގެ ހަޔާތްޕުޅުން" މައުޟޫއަށް ވާހަކަ ދެއްކެވީ އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޝެއިހް މުހައްމަދު އަނީލު އާއި ޑރ. އަލީ ޒާހިރެވެ.