Last Updated: April 20, 13:04
Saturday, April 20, 2024
ޚަބަރު

އަމްރު އެސްޓީއޯގެ އެމްޑީކަމުން ވަކިކުރަނީ

އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ހުސައިން އަމްރު އެ މަގާމުން ވަކިކުރަންް ނިންމައިފި އެވެ.

އޭނަ އެ މަގާމުން ވަކިކުރަން ނިންމާފައި މި ވަނީ ރޭ ޕީއެސްއެމްގެ ޕްރޮގްރާމަކަށް ވަޑައިގަންނަވަން އޮއްވައި އެކަން ވެސް ސަރުކާރުން ހުއްޓުވުމަށް ފަހު އެވެ.

ރައީސް އޮފީހުން މިއަދު ބުނީ އަމްރު ވަކިކުރަން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އަށް ފޮނުވާފައިވާ ކަމަށެވެ. އަދި އޭނަ މަގާމުން ވަކިކުރަން ނިންމީ ސަރުކާރު ކުންފުނިތަކުގެ ހިންގުމަށް އަބަދުވެސް ބަދަލުތައް ގެންނަ އުސޫލުން ކަމަށް ރައީސް އޮފީހުން ބުންޏެވެ.

އަމްރު އަކީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ ދެކޮޅަށް ނުކުންނެވި އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދުގެ "ފިކުރެއްގެ ދިރުން" ފަޅީގައި ހުންނެވި ބޭފުޅެކެވެ. ނަޝީދުގެ ވެރިކަމުގައި އެމްޓީސީސީގެ ސީއީއޯގެ މަގާމު ވެސް ކުރެއްވި އަމްރު އަކީ ލޯކަލް ގަވަރަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ރައީސް އަފްޝަން ލަތީފުގެ ފިރިކަލުންނެވެ.