ފުލުހުންނަށް ހުށަހަޅާފައިވާ މަކަރާ ހީލަތުގެ މައްސަލައެއްގެ ތަހުގީގަށް މީހަކު ހޯދަން އިއުލާނު ކޮށްފިއެވެ.
ފުލުހުން ބުނެފައިވަނީ ހުޅުމާލެ ފޭސް 1 ޕޮލިސް ސްޓޭޝަނަށް ހުށަހެޅި ތަހުގީގު ކުރަމުންދާ މަކަރާއި ހީލަތުގެ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓް ރައްދުކުރެވިފައިނުވާ ކަމަށެވެ. އެހެންކަމުން ތަހުގީގަށް ހާޒިރުވުމަށް އަންގާ، އޭނާއާ ބެހޭ ވަނަވަރު ފުލުހުން ވަނީ އާންމު ކޮށްފައެވެ.
ފުލުހުން ހޯދަން އިއުލާނު ކޮށްފައިވަނީ ށ. ފުނަދޫ / ޑޭޒީމާ، އަޙްމަދު އަޝްރަފްއެވެ. ފުލުހުން ވަނީ އޭނާ 2023 އޭޕްރީލް 2 ވަނަ ދުވަހުގެ 14:00 އަށް ހުޅުމާލެ ފޭސް 1 ޕޮލިސް ސްޓޭޝަން ހާޒިރުވުމަށް އަންގާ އިއުލާނު ކޮށްފައެވެ.
އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓް ރައްދުނުކުރެވޭ މީހުންގެ މައުލޫމާތު ފުލުހުން ދޭތެރެ ދޭތެރެއިން އާންމު ކުރެއެވެ. ފުލުހުން މިގޮތަށް މީހުން ހޯދަން އިއުލާނު ކުރަނީ ޖިނާއީ މައްސަލަތައް ތަޙުޤީޤުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ޤަވާއިދުގެ 27 ވަނަ މާއްދާ ދަށުނެވެ.