Last Updated: June 22, 13:53
Monday, June 22, 2026
ޚަބަރު

އައްޑޫގައި މިހާރު ފިތުރު ޒަކާތް ބަލައިގަންނާނެ

މި އަހަރުގެ ފިތުރު ޒަކާތް އަައްޑޫ ސިޓީ ކައުންސިލުން ބަލައިގަންނަން ފަށައިފި އެވެ.

ފިތުރު ޒަކާތް ދެއްކުން ފަސޭހަކުރުމުގެ ގޮތުން ފައިސާ ޓްރާންސްފާކުރެވޭނެ އެވެ. ޓްރާންސްފާކުރާނީ 7708700341004 1277-Kharadhu 2 އަށެވެ. ޓްރާންސްފާކުރުމަށް ފަހު ސްލިޕް ވައިބާކުރަން އައްޑޫގެ ކޮންމެ އަވަށަކަށް ވަކި ފޯނު ނަމްބަރެއް ކަނޑައަޅާފައިވެ އެވެ.

* ހިތަދޫ: 7905003
* މަރަދޫ: 7360024
* މަރަދޫފޭދޫ: 7360030
* ފޭދޫ: 7360031
* މީދޫ: 7360034
* ހުޅުދޫ: 7360032

އައްޑޫ ސިޓޫ ކައުންސިލުން ވަނީ ފިތުރު ޒަކާތުގެ ގޮތުގައި ފައިސާ ދައްކާގެ ގޮތުގެ ތަފުސީލު ވެސް ހިއްސާކޮށްފައިވެ އެވެ.

* އާދައިގެ ހަނޑުލުން ނަމަ ބޮލަކަށް: 12ރ.
* ތައިލޭންޑް ހުދު ހަނޑުލުން ނަމަ ބޮލަކަށް: 84ރ.
* ރަތް ހަނޑޫ ނަމަ ބޮލަކަށް: 99ރ.
* ބާސްމަތީ ހަނޑޫ އާދައިގެ ނަމަ ބޮލަކަށް: 84ރ.
* ބާސްމަތީ ހަނޑޫ (މޮޅު) ނަމަ ބޮލަކަށް: 100ރ.
* ބާސްމަތީ ހަނޑު (އެންމެ މޮޅު) ނަމަ ބޮލަކަށް: 125ރ.
* އާދައިގެ ފުށުން ނަމަ ބޮލަކަށް: 12ރ.
* އާޓާ ފުށުން ނަމަ ބޮލަކަށް: 75ރ.

އައްޑޫ ކައުންސިލުން ބުނީ ރޯދަ މަހުގެ 28 ވަނަ ދުވަހާ ހަމައަށް އަވަށު އޮފީސްތަކުން ފިތުރު ޒަކާތް ބަލައިގަންނާނެ ކަމަށެވެ.