Last Updated: June 23, 11:50
Tuesday, June 23, 2026
ޚަބަރު

އެމްއެންޑީއެފްގެ ތަރުޖަމާނަކަށް ރަޝީދު

އެމްއެންޑީއެފްގެ ތަރުޖަމާނުގެ މަގާމަށް މޭޖާ ޙުސައިން ރަޝީދު އައްޔަންކޮށްފި އެވެ.

އޭނަ އިންފޮމޭޝަން އޮފިސަރގެ މަޤާމަށް އައްޔަންކުރީ އިއްޔެ އެވެ. ރަޝީދު އެ މަގާމަށް އައްޔަންކުރެއްވީ ކުރިން ތަރުޖަމާނުގެ މަގާމުގައި ހުންނެވި ކެޕްޓަން ޙަނާ މުޙައްމަދު ކޯހަކަށް ރާއްޖެއިން ބޭރަށް ފުރާވަޑައިގަތުމަށް ހަމަޖެހުމާއި ގުޅިގެންނެވެ.

އެމްއެންޑީއެފް އިންފޮމޭޝަން އޮފިސަރަކީ ސިފައިންގެއާ ބެހޭ މަޢުލޫމާތު ރަސްމީކޮށް މީޑިއާތަކަށް ފޯރުކޮށްދޭ ފަރާތެވެ.

އެމްއެންޑީއެފްއިން ބުނީ ސިފައިންގެ މީހަކު އެ މީހެއްގެ އަމިއްލަ ފަރުދީ ހައިސިއްޔަތުން އެއްވެސް މީޑިއާއަކަށް މަޢުލޫމާތު ދިނުމަކީ މަނާކަމެއް ކަމަށެވެ. އަދި އެފަދަ މަޢުލޫމާތު، ދެވޭނީ އެކަމަށް ކަނޑައަޅާފައި ހުންނަ އެމްއެންޑީއެފް އިންފޮމޭޝަން އޮފިސަރަކަށް، ނުވަތަ އެކަމަށް އިންޓަގްރޭޓެޑް ހެޑްކްއޯޓޒްއިން ހުއްދަ ދީފައިވާ އޮފިރަކަށް ކަމަށެވެ.