Last Updated: April 20, 11:49
Saturday, April 20, 2024
ޚަބަރު

ރޯދަ މަހު އުމްރާވެވޭނީ އެއް ފަހަރު

މި ރޯދަ މަހު އުމްރާގެ އަޅުކަން ކޮންމެ މީހަކަށް ވެސް އަދާކުރެވޭނީ އެއް ފަހަރު ކަމަށް ސައުދީ އަރަބިއްޔާގެ ހައްޖު އެންޑް އުމްރާ މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީން ބުނީ އެގޮތަށް ކަނޑައެޅީ ގިނަ އަދަދެއްގެ ބަޔަކު ރޯދަ މަހު އުމްރާގެ އަޅުކަން އަދާކުރަން ބޭނުންވާތީ އެކަމަށް މަގުފަހިކޮށް ދިނުމުގެ ގޮތުން ކަމަށެވެ. އެހެންވެ މި ރޯދަ މަހު ތަކުރާރުކޮށް އެއް ބަޔަކަށް އުމްރާގެ އަޅުކަން އަދާކުރުމުގެ ފުރުސަތު ނުދޭން ވަނީ ނިންމައިފަ އެވެ.

ސައުދީގެ ހައްޖު އެންޑް އުމްރާ މިނިސްޓްރީން ބުނި ގޮތުގައި މިކަމަށް ހަމަޖެއްސުމުން ގިނަ ބަޔަކަށް އުމްރާގެ އަޅުކަން ކުރަން ފުރުސަތު ލިބި، ފަސޭހަކަމާ އެކީ އެ އަޅުކަން އަދާކުރަން ފުރުސަތު ފަހިވާނެ އެވެ. އެހެންވެ އުމްރާގެ އަޅުކަމަށް ހާއްސަކޮށްފައިވާ ނުސޫކް އެޕް އުމްރާގެ އަޅުކަމުގެ ހުއްދަ އަށް ބޭނުންކުރަން ވެސް އެދިފައިވެ އެވެ.

ކޮންމެ އަހަރަކު ވެސް ރޯދަ މަހު ދުނިޔޭގެ އެކި ކަންކޮޅުތަކުމް އުމްރާގެ އަޅުކަމަށް ގިނަ އަދަދެއްގެ ބަޔަކު ސައުދީ އަށް ދެ އެވެ.