Last Updated: June 8, 15:03
Monday, June 8, 2026
ޚަބަރު

އެމްބިއުލާންސެއްގައި ސައިކަލެއް ޖެހި މީހަކަށް އަނިޔާވެއްޖެ

މިއަދު އިރުއޮއްސެން ދަނިކޮށް ހިތަދޫ ބޮޑުމަގުގައި ސައިކަލަކާއި އެމްބިއުލާންސެއް ޖެހި ހިންގި އެކްސިޑެންޓުގައި އެކަކަށް އަނިޔާވެއްޖެއެވެ.

މިއަދު ހަވީރު ހިނގި މި އެކްސިޑެންޓުގައި އަނިޔާވެފައިވަނީ ފިރިހެނަކަށެވެ. މި އެކްސިޑެންޓް ހިނގަން މެދުވެރިވީ ސައިރެން އަޅައިގެން ބާރަށް އައި އެމްބިއުލާންސާއި އެވަގުތު ގޯޅި އެޅަމުން ދިޔަ ސައިކަލެއް ޖެހިކަމަށް މަންޒަރު ދުށް ފަރާތެއް އައްޑޫލައިވްއާއި ހިއްސާކުރިއެވެ. މި އެކްސިޑެންޓު ހިނގާފައިވަނީ ހިތަދޫ ބޮޑުމަގު ލިބޭ ފިހާރަ ކައިރިންނެވެ.

އެކްސިޑެންޓުގައި އަނިޔާވި މީހާ ހޮސްޕިޓަލަށް ގެންގޮސްފައިވާއިރު އޭއީއެޗްއިން ވަނީ އޭނާއަށް މާ ބޮޑެތި އަނިޔާއެއް ނުވާ ކަމަށް ބުނެފައެވެ. ނަމަވެސް އޭނާގެ ގައިގެ ތަންތަން މަށައިގެން ވަނީ ގޮސްފައެވެ.

މިހާދިސާއާއި ގުޅިގެން އޭއީއެޗްއިން ބުނީ ހާދިސާ ހިނގި ވަގުތު އެމްބިއުލާންސްއާއި ސައިރެން އަޅައިގެން ކަމަށެވެ. އަދި އޭރު އެމްބިއުލާންސް ދިޔައީ އެކްސިޑެންޓް ސީން އަކަށް މީހަކު ނަގަން ކަމަށް އޭއީއެޗްއިން ބުނެއެވެ.

މިހާދިސާގައި އަނިޔާވީ ސައިކަލު ދުއްވަން އިން މީހާއަށް އެކަނިއެވެ. ނަމަވެސް އެކްސިޑެންޓުގެ ސަބަބުން ސައިކަލަށާއި އެމްބިއުލާންސުގެ ކުރިއަށް ވަނީ ގެއްލުން ވެފައެވެ.

މަގުމަތީގައި އުޅަނދުތައް ދުއްވާއިރު ސައިރެން އަޅަގައިން ނުވަތަ ބީކަން އަޅައިގެން ދުއްވާ އެމްބިއުލާންސް، ފުލުހުންގެ އުޅަނދު، އަލިފާން ނިއްވާ އުޅަނދު ނުވަތަ އެހެނިހެންވެސް ހުއްދަ ދީފައިވާ ސަލަމާތީ އުޅަނދެއްގެ އަޑު އިވިއްޖެ ނަމަ ހިނގާ މީހުންނާއި އެއްގަމުގެ ދުއްވާ އުޅަނދުތަކުން އެއް ފަރާތައް ޖެހި އެއުޅަނދަކަށް ތަން ދޭން ޖެހޭނެ ކަމަށް އެއްޤަމު އުޅަނދު ދުއްވުމުގެ އާންމު ޤަވާއިދުގެ 15 ވަނަ މާއްދާގައި ބަޔާންކުރެއެވެ.