Last Updated: April 26, 06:56
Friday, April 26, 2024
ޚަބަރު

އެސްޓީއޯ އިން ކާށި ޝިޕްމަންޓެއް ގެނެސްފި

ރާއްޖޭގެ ބާޒާރުގައި މިހާރު ކާށީގެ އަގު އުފުލިފައިވާތީ އެކަން ކޮންޓްރޯލް ކުރުމުގެ ގޮތުން ސަރުކާރުގެ ވިޔަފާރި ކުންފުނި، އެސްޓީއޯ އިން ގެންނަން ނިންމީ ކާށީގެ ފުރަތަމަ ޝިޕްމަންޓް ގެނެސްފި އެވެ.

އެ ކުންފުނިން ބުނީ ކާށި ޝިޕްމަންޓް ލިބުނީ އިއްޔެ ހަވީރު ކަމަށާއި ކާށިތަކުގެ ކޮލިޓީ ބެލުމަށް ފަހު، ވަރަށް އަވަހަށް ވިއްކަން ފަށާނެ ކަމަށެވެ. އެކަމަކަ ވިއްކަން ފަށާނެ ސީދާ އިރަކާއި ވިއްކާނެ އަގެއް އެސްޓީއޯ އިން އަދި ނުނިންމަ އެވެ. އެކަމަކު ބާޒާރުގައި މިހާރު ކާށި ލިބެން ހުރި އަގުތަކަށް ވުރެ ހެޔޮކޮށް، ކާށި ވިއްކާނެ ކަމމަށް އެ ކުންފުނިން ބުންޏެވެ.

ރޯދައިގެ ކުރިން ބާޒާރުގައި 5-10ރ. އަށް ލިބެން ހުރި ކާށީގެ އަގު މިހާރު 30ރ. އިން މައްޗަށް އަރައިފަ އެވެ.

އެހެންވެ މިކަމަށް ހައްލެއް ހޯދައިދީ، އާންމުންނަށް ލުއެއް ގެނެސްދިނުމުގެ ގޮތުން އެސްޓީއޯ އިން ކާށީ އެތެރެކުރަން ނިންމުން ބައެއް ފަރާތަކުން ފާޑު ކިޔާފައިވެ އެވެ.

އެސްޓީއޯ އިން ކާށި އެތެރެކުރަން ނިންމިކަން ހާމަކުރެއްވީ މިދިޔަ އާދީއްތަ ދުވަހު މަގާމުން ވަކިކުރި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު އެވެ.

އެސްޓީއޯ މި ރޯދަ މަހާ ދިމާކޮށް ލުނބު ވެސް އެތެރެކޮށް ވިއްކަން ފަށާފައިވެ އެވެ.