Last Updated: April 26, 11:19
Friday, April 26, 2024
ޚަބަރު

މިރޭގެ އިހުޔާ ފޯރަމް ނައިފަރުން

ރޯދަ މަހުގެ ރޭތައް އިހުޔާކުރަން އިސްލާމިކް މިނިސްޓްރީން ބާއްވަމުން އަންނަ އިހުޔާ ފޯރަމްގެ ހަތަރު ވަނަ ފޯރަމް މިރޭ ޅ. ނައިފަރުގައި ބާއްވަން ނިންމައިފި އެވެ.

އެ ރަށުގައި ފޯރަމް އޮންނާނީ ބަނދަރު ސަރަހައްދުގަ އެވެ. ފޯރަމް ފަށާނީ 9:30 ގަ އެވެ.

މި ފޯރަމްގެ މައުޟޫ އަކީ "ލޮބުވެތި ނަބިއްޔާ ކުޑަކުދިންނާ އެކު" އެވެ. ފޯރަމްގައި ތަގުގީރު ކުރައްވާނީ އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޝެއިހު މުހައްމަދު އަނީލުގެ އިތުރުން ޝެއިހް މުހައްމަދު މޫސާ އެވެ.

މިރޭ ނައިފަރުގައި ބާއްވާ ފޯރަމަކީ މާލޭން ބޭރުގައި ބާއްވާ ދެވަނަ ފޯރަމެވެ. އަތޮޅު ތެރެއިން މި ފަހަރު އެންމެ ފުރަތަމަ ފޯރަމް ބޭއްވީ މިދިޔަ ހުކުރު ދުވަހުގެ ރޭ އައްޑޫ ހިތަދޫގަ އެވެ.

މިރޭގެ ފޯރަމް މުންނާރު ޓީވީގެ އިތުރުން އިސްލާމިކް މިނިސްޓްރީ ސޯޝަލް މީޑިއާތަކުން ލައިވް ވެސް ކުރާނެ އެވެ.