Last Updated: April 26, 10:52
Friday, April 26, 2024
ޚަބަރު

ޖޭޕީން 87 ދާއިރާއަކަށް ރައީސުން ހޮވަނީ

ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ދާއިރާތަކުގެ ރައީސުން ހޮވަން ނިންމައި ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އެ ޕާޓީން ބުނި ގޮތުގައި 87 އިދާރީ ދާއިރާއަކަށް ރައީސުން ހޮވަން ވަނީ ނިންމައިފަ އެވެ. އެހެންވެ ޝައުގުވެރިވާ ޖޭޕީގެ މެންބަރުން އަންނަ މަހުގެ 20 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ. ފޯމް ފުރުމަށް ފަހު ޕާޓީގެ ނަމްބަރު 7478414 އަށް ވަޓްސްއެޕްކުރަން ޖެހެ އެވެ.

ޖޭޕީން ބުނީ ފޯމާއި އަދި އެއާ އެކީ ހުށަހަޅަން ޖެހޭ ތަކެތި ޖޭޕީގެ ހެޑްކްއާޓާޒް މ.ކްނޫޒް އަށް ވެސް ހުށަހެޅޭނެ ކަމަށާއި ނުވަތަ އީމެއިލް admin@jumhooreeparty.org,mv ވެސް ކުރެވޭނެ ކަމަށެވެ. މިކަމާ ގުޅޭ އިތުރު މައުލޫމާތު ޕާޓީގެ ނަމްބަރު 3014908 ފޯނަށް ގުޅައިގެން ން ސާފުކުރެވޭނެ އެވެ.

ޖޭޕީން މިދިޔަ މަހު ގައުމީ ކޮންގްރެސް ބާއްވައި ޕާޓީގެ އިސް މަގާމުތަކަށް ބޭފުޅުން އިންތިހާބު ވެސް ކޮށްފައިވެ އެވެ. ޖޭޕީގެ ލީޑަރަކީ ގާސިމް އިބްރާހީމެވެ. އެ ޕާޓީން ވަނީ މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވެސް ވާދަކުރަން ނިންމައިފަ އެވެ.