Last Updated: April 20, 18:41
Saturday, April 20, 2024
ޚަބަރު

ގަމުގައި ސިފައިންގެ 4 ދުވަހުގެ ތަމްރީނެއް

ހަތިޔާރާ އެކު ސިފައިންގެ އަސްކަރީ ތަމްރީންތަކެއް އައްޑޫގައި ގަމުގައި ކުރިއަށް ގެންދަން ނިންމައިފި އެވެ.

މި ތަމްރީން ކުރިއަށް ދާނީ އަންނަ މަހުގެ 1-4 އަށެވެ. އެގޮތުން އެ ދުވަސްވަރުގެ ހެނދުނު 6:00 އިން ފެށިގެން ހަވީރު 6:00 އާ ހަމައަށް ތަމްރީނުގެ ހަރަކާތްތައް ކުރިއަށް ދާނެ އެވެ.

މި ތަމްރީނުގައި ވައިގެ ސަރަހައްދު ވެސް ބޭނުން ކުރާނެ އެވެ.

ތަމްރީނާ ގުޅޭ ބައެއް ކަންކަން:

ބޭނުން ކުރާ ހަތިޔާރު: ޕައިރޯޓެކްނިކްސް: އޭކޭ47، އެމް203، އާރުޕީޖީ، 84 އެމްއެމް ކާލް ގުސްޓާވް
ވައިގެ ސަރަހައްދު ބޭނުން ކުރާނެ އެންމެ ދުރުމިން: 4600 މީޓަރު
ވައިގެ ސަރަހައްދު ބޭނުން ކުރާނެ އެންމެ އުސްމިން: 200 މީޓަރު
ވައިގެ ސަރަހައްދު ބޭނުން ކުރާނެ އެންމެ ތިރިމިން: ސީ ލެވެލް
ވައިގެ ސަރަހައްދު ބޭނުން ކުރާނެ ޑައިރެކްޝަން: ގަން ޓްރޭނިން ސެންޓަރުގެ ރޭންޖްއިން ހުޅަނގު ދެކުނު

ގަމުގައި މި ތަމްރީންތަކެއް ކުރިއަށް ގެންދަން ނިންމާފައިވާތީ އެ ސަރަހައްދުން ކަނޑުދަތުރުފަތުރުކުރާ ފަރާތްތަކުން އެކަމަށް ސަމާލުކަން ދީގެން ދަތުރުފަތުރުގެ ކަންކަން ކުރިއަށް ގެންދިއުމަށް އަންގާފައިވެ އެވެ.

އެމްއެންޑީއެފުން އައްޑޫގައި ކުރިއަށް ގެންދާ މި ތަމްރީނަކީ މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން އަންނަ އެޕްރީލާ ހަމައަށް ކުރިއަށް ގެންދާ ތަމްރީނެކެވެ.