ޓީވީއެމްގެ ޕްރޮގްރާމެއްގައި ރޭ "ވަރަށް ނަލަކޮށް" އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ފެނިވަޑައިގަތުމާ ގުޅިގެން، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ގެންގުޅުއްވާ ކަމަށް ތުހުމަތުކުރެވޭ ހަސަން ކުރުސީ ޓްވިޓާ އެކައުންޓަށް ޓެގްކޮށް ރޮޒޭ ވަރަށް ތަފާތުދޯ އަހައި ހުޝާމަދުކޮށްފި އެވެ.
"ހޭޝްޓޭގް" ގެ ނަމުގައި ގެނެސްދިން ޕްރޮގްރާމްގެ ޕްރޮމޯއެއް ހަސަން ޝާފިއު ކިޔާ މީހަކު ޓްވީޓްކުރުމުން ޕެރޮޑީ ހަސަން ކިޔާ މީހަކު ހަސަން ކުރުސީ އާއި ރޮޒޭ ޓެގްކޮށް، އެ ރިޓްވީޓްކުރައްވައި "މިއީ ހަމަ ރޮޒޭ" ކަމަށާއި "ވަރަށް ތަފާތު ދެއްތޯ" އޭ އަހާފައިވެ އެވެ.
Haan mee hama @Roxeyna. Thafaathu dhethoa @HKurusee? https://t.co/qSgH5hyxj4
— Hassan Kurusy (@Parody_hassan) March 27, 2023
އެ ޕްރޮގްރާމްގައި ރޮޒޭ ފެނުނީ އާންމުކޮށް ފެންނަ ގޮތާ ހިލާފަށް ރަތް ވަރަށް "ޗާލުކޮށް" މޭކަޕްކުރައްވައި އިސްތަށިގަނޑު ވެސް ސްޓައިލްކުރައްވައިގެން ރަތް ކުލައިގެ ހެދުމެއްގަ އެވެ. ޕްރޮގްރާމްގައި ރޮޒޭގެ ސިޔާސީ ހަޔާތާއި އަމިއްލަ ދިރިއުޅުމުގެ ބައެއް ވާހަކަތައް ހިއްސާކުރެއްވި އެވެ.
ރޮޒޭ އާއި ހަސަން ކުރުސީ އަކީ ދޭތެރެ ދޭތެރެ ޓްވިޓާގައި ކޯޅޭ ދެ މީހުންނެވެ. އަދި ހަސަން ކުރުސީ އަކީ ސީދާ ނަޝީދު ކަމަށް ރޮޒޭ ވަރަށް ޔަގީންކަމާ އެކީ ވިދާޅުވެ ބަހުގެ ހަމަލާތައް ދެއްވަ އެވެ.
ރޮޒޭ އަކީ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޝިޒުގެ އަނބިކަނބަލުންނެވެ. އަދި ރާއްޖޭގެ ސިޔާސީ ދާއިރާ އިން ފެންނަ އެންމެ "އަޑުގަދަ" އަންހެން ބޭފުޅާ އެވެ.