Last Updated: April 26, 06:14
Friday, April 26, 2024
ޚަބަރު

އެސްޓީއޯގެ އެމްޑީއަކަށް ސައީދު އައްޔަނު ކުރަނީ

އެސްޓީއޯގެ ކުރީގެ އެމްޑީ ހުސައިން އަމުރު އަދި އެމްއެސްސް ހިންގެވުމާ ހަވާލުވެހުރި އަބްދުﷲ ސައީދު-

ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ) ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް) ހިންގެވުމާ ހަވާލުވެ ހުންނެވި އަބްދުﷲ ސައީދު އައްޔަނު ކުރުމަށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރައިޓައިޒޭޝަން ބޯޑް (ޕީސީބީ)އަށް ފޮނުވައިފިއެވެ.

އެމްއެސްއެސް އަކީ އެސްޓީއޯގެ ދަށުން ހިންގަމުން އަންނަ ކުންފުންޏެކެވެ.

އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ހުސައިން އަމުރު އެމަގާމުން ވަކިކޮށްފައިވަނީ މާޗް 26 ވަނަ ދުވަހުއެވެ.

އަމުރު މަގާމުން ވަކިކޮށްފައިވަނީ އެމްޑީޕީގެ ތެރޭގައި އުފެދިފައިވާ ނުތަނަވަސްކަމުގައި، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރައްވާ ރައީސް ނަޝީދުގެ ފަރާތުން ޖުމްހޫރީ ޕާޓީއާ މަޝްވަރާ ކުރުމަށްވެސް ގޮސްފައިވަނިކޮށެވެ.

އަބްދުﷲ ސައީދު އެސްޓީއޯގެ އެމްޑީގެ މަގާމަށް އައްޔަނުކުރުމަށް ޕީސީބީއަށް ފޮނުވާފައިވާއިރު މިހާރު ކުރިއަށްދަނީ އޭނާ މަގާމަށް ޝަރުތުހަމަވޭތޯ ބެލުމަށް ކުރިއަށްދާ މަރުހަލާކަމަށް މައުލޫމާތު ލިބިފައިވެއެވެ.