Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

ހައިކޯޓު ފަނޑިޔާރު ކަމަށް ހަތަރު ފަރާތެއް ކުރިމަތިލައިފި

ހައިކޯޓު-- ފޮޓޯ: ނިޝާން އަލީ/މިހާރު

ހައިކޯޓުގެ ހުސްވެފައިވާ ފަނޑިޔާރުކަމަށް ހަތަރު ފަރާތެއް ކުރިމަތިލައިފިއެވެ.

ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލުމުން ވަގުތު ހަމަވިއިރު އެ މަގާމަށް ކުރިމަތިލި ފަރާތްތަކުގެ މައުލޫމާތު ޖޭއެސްސީން ހާމަކޮށްފައިވަނީ މިއަދުއެވެ.

ހައިކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލާފައިވަނީ މަރްޔަމް ވަހީދު / ބެލޫން ސ.ފޭދޫ، މުހައްމަދު ޝަނީޒް އަބްދުﷲ / ހަނދުވަރީނާޒް ގދ.ގައްދޫ، އަލީ އަހްމަދު / ބިއްދޮށުގެ ފ.ނިލަންދޫ އަދި މުހައްމަދު މިންހާޖް / ހިރިލަންދޫގެ ސ.ފޭދޫ އެވެ.

ހައިކޯޓުގެ ފަނޑިޔާރަކަށް އަސާސީ މުސާރައިގެ ގޮތުގައި މަހަކު 36,000.00 ރުފިޔާ ލިބެއެވެ. އަދި ލިވިންގ އެލަވަންސްގެ ގޮތުގައި މަހަކު 15,000.00 ރުފިޔާ، ރިސްކް އެލަވަންސްގެ ގޮތުގައި 3,300.00 ރުފިޔާ ލިބެއެވެ. މީގެއިތުރުން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައިވާ ގޮތުގެމަތިން މެޑިކަލް އިންޝުއަރެންސާއި ފޯނު އެލަވަންސް ލިބެއެވެ.