Last Updated: March 28, 21:55
Thursday, March 28, 2024
ޚަބަރު

ކޮމަންޑޫ-މަތިކޮމަންޑޫ ބްރިޖްގެ ފައުންޑޭޝަން އަޅަން ތައްޔާރު

ށ. ކޮމަންޑޫއާއި މަތިކޮމަންޑޫ ގުޅާލާ ބްރިޖްގެ ފައުންޑޭޝަން އަޅަން ތައްޔާރުވަމުން އަންނަ ކަމަށް އެ މަސައްކަތް ކުރަމުން އަންނަ އެމްޓީސީސީން ހާމަކޮށްފިއެވެ.

އެމްޓީސީސީން ބުނެފައިވަނީ ށ. ކޮމަންޑޫ ޝޯޕްރޮޓެކްޝަން ރެކްޓިފިކޭޝަންއާއި މަތިކޮމަންޑޫ ކަނެކްޓިވިޓީ މަޝްރޫއުގެ ދަށުން، މަސައްކަތަށް ބޭނުންވާ ޖިއޯޓެކްނިކަލް ސަރވޭ މިހާރު ނިމިފައިވާ ކަމަށެވެ.

މި ސަރވޭގެ ދަށުން ބްރިޖްގެ ފުންމިން ބެލުމަށްޓަކައި ބޯރހޯލް ތޮރުފައިގެން ބެޑްރޮކް ލެވަލް ބެލިފައިވާ ކަމަށް އެމްޓީސީސީން މައުލޫމާތުދެއެވެ. އަދި، ސަރވޭގެ ހޯދުންތަކަށް ބިނާކޮށް ބްރިޖްގެ ފައުންޑޭޝަން އެޅުމަށް މިހާރު ތައްޔާރުވަމުންދާ ކަމަށްވެސް ބުނެފައިވެއެވެ.

މި މަޝްރޫޢުގެ ދަށުން، 16.7 ހެކްޓަރުގެ ބިން ހިއްކައި 200 މީޓަރު ދިގުމިނުގެ ލިންކަކުން ކޮމަންޑޫ އަދި މަތިކޮމަންޑޫގައި ހިއްކާ ސަރަޙައްދު ގުޅުވާލުން ހިމެނޭ. އަދި 1690 މީޓަރުގެ ޝޯރ ޕްރޮޓެކްޝަން ރެކްޓިފިކޭޝަން މަސައްކަތް ކުރުންވެސް ހިމެނެއެވެ.

ށ. ކޮމަންޑޫ ޝޯޕްރޮޓެކްޝަން ރެކްޓިފިކޭޝަންއާއި މަތިކޮމަންޑޫ ކަނެކްޓިވިޓީ މަޝްރޫއަކީ 235.75 މިލިޔަން ރުފިޔާގެ މަޝްރޫއެކެވެ.