Last Updated: April 19, 06:56
Friday, April 19, 2024
ޚަބަރު

ތިލަފުށީގެ ދެވަނަ ފިޔަވަހީގެ ބިން ހިއްކަން ފަށައިފި

ތިލަފުށި ދެވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފެށިއްޖެ / ފޮޓޯ: އެޗްޑީސީ

ތިލަފުށިގެ ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން ތިލަފުށި ފޭސް 2 ގެ ބިން ހިއްކުމުގެ ޢަމަލީ މަސައްކަތް ހޯމަ ދުވަހު ފަށާފައިވާ ކަމަށް އެޗްޑީސީން ހާމަކޮށްފިއެވެ.

ތިލަފުށިއަކީ ސިނާޢީ މަސައްކަތް ކުރުމަށް މިހާރު ކުރިމަތިވާ ދަތިތައް ހައްލު ކުރުމަށް ސަރުކާރުން ތަރައްޤީ ކުރަމުން އަންނަ ރަށެކެވެ. މިގޮތުން މިމަސައްކަތައް ތިލަފުށި މާސްޓަރ ޕްލޭނެއް އެޗްޑީސީން ވަނީ އެކުލަވާލާފައެވެ. އަދި މިމަސައްކަތް ކުރިއަށް ގެންދަނީ އެ މާސްޓަރ ޕްލޭނާއި އެއްގޮތަށެވެ.

ސަރުކާރުން ސިނާޢީ މަސައްކަތައް ހާއްސަކޮށްގެން ތަރައްޤީ ކުރާ ތިލަފުށީގެން ދެވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ ޢަމަލީ މަސައްކަތް ފަށާފައިވާއިރު، ފުރަތަމަ ފަށާފައިވަނީ ދެވަނަ ފިޔަވަހީގެ އޭރީއާ ސީ ގެ ބިން ހިއްކުމުގެ މަސައްކަތެވެ. މިގޮތުން މި ސަރަހައްދުގެ އިން ވަކިކޮށް އަމަލީ މަސައްކަތް އީއްޔެ ފެށިއިރު މި ސަރަހައްދުން 20 ހެކްޓަރު ހިއްކުމަށް ވަނީ ކަނޑައެޅިފައެވެ.

މި ސަރަހައްދު ހިއްކުމަށް ހަވާލު ކުރެވިފައި ވަނީ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓަޑްއާއެވެ. އަދި މިމަސައްކައް ގާތްގަނޑަކަށް 4 މަސް ދުވަހުގެ ތެރޭ ނިންމުމަށް ވަނީ ތާވާލް ކުރެވިފައެވެ. ތިލަފުށީ ބިން ހިއްކުމުގެ މަޝްރޫޢުގެ ތެރެއިން ޖުމަލް 151 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ.

ތިލަފުށިން ދެވަނަ ފިޔަވަހީގެ ދަށުން ބިން ހިއްކުމުގެ މަސައްކަތް ފަށާފައިވާއިރު، ސިނާޢީ ބޭނުންތަކަށް ތިލަފުށިން ބިން ދޫކުރުމަށްވެސް މިދިޔަ މަހު ތެރޭ އެޗްޑީސީން ވަނީ އިއުލާންކޮށް ހުޅުވާލާފައެވެ.