Last Updated: April 18, 22:36
Thursday, April 18, 2024
ޚަބަރު

ފުވައްމުލަކުގައި ނެޗްރަލް ކްރިކެޓް ޓާފެއް އަޅަނީ

މިހާރު ވެސް ކްރިކެޓް ޕިޗެއް އޮންނަ ފުވައްމުލަކުގައި ނެޗްރަލް ކްރިކެޓް ޓާފެއް އަޅައިދޭން ޝައުގުވެރިވާ ފަރާތްތަކަށް އެކްސްޕްރެޝަން އޮފް އިންޓަރެސްޓް (އީއޯއައި) ހުށަހެޅުމުގެ ފުރުސަތު ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް އިން ހުޅުވާލައިފި އެވެ.

އެތަނުން މި މަސައްކަތާ ގުޅޭ ހުރިހާ ކަމެއްދޭން ޝައުގުވެރިވާ ފަރާތްތަކަށް އީއައިއޯ ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 8 އާ ހަމައަށް ހުޅުވާލައިފައިވާ ކަމަށެވެ. މި ފުރުސަތު ހުޅުވައިލީ ރާއްޖެ އާއި ރާއްޖޭން ބޭރުގެ ފަރާތްތަކަށް ވެސް ކުރިމަތިލެވޭ ގޮތަށެވެ.

މިހާރު ވެސް ކްރިކެޓްގެ ތަފާތު މުބާރާތްތައް ބާއްވަމުން އަންނަ ފުވައްމުލަކީ ރާއްޖޭގެ ރަށެއްގައި އެޅި އެންމެ ފުރަތަމަ ކްރިކެޓް ޕިޗް ހެދި ރަށެވެ. ދެހާސް އެގާރަ ވަނަ އަހަރު އައްޑޫގައި ބޭއްވި 17 ވަނަ ބޭއްވި ސާކް ސަމިޓާ ދިމާކޮށް، ފުވައްމަލުކުގައި ސަރަހައްދީ ކްރިކެޓް މުބާރާތެއް ވެސް ބާއްވާފައިވެ އެވެ.

ގައުމީ ފެންވަރުގެ އެކި ކްރިކެޓް މުބާރާތްތައް ވެސް ފުވައްމުލަކުން ބާއްވަމުން އާދެ އެވެ. އެގޮތުން ދެ ޖިންސްގެ މީހުންނަށް ހާއްސަ މުބާރާތްތަކާއި ކްރިކެޓްގެ ޓްރޭނިން ޕްރޮގްރާމްތައް ވެސް ފުވައްމުލަކުގައި ހިންގަ އެވެ.