Last Updated: April 26, 23:59
Saturday, April 27, 2024
ޚަބަރު

އެސްއެމްއީތަކަށް އެހީވާން އޭޑީބީގެ އެހީއެއް

ރާއްޖޭގެ ޓޫރިޒަމާއި ކުދި އަދި ފަންތީގެ ވިޔަފާރިތަކަށް އެހީވުމަށް 41 މިލިއަން ޑޮލަރުގެ ފައިނޭންސް ޕެކޭޖެއް އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އިން ދީފި އެވެ.

އެހީގެ ތެރޭގައި ހިމެނެނީ އަކީ އޭޑީބީގެ ފަރާތުން 13 މިލިއަން ޑޮލަރާއި، ޖަޕާން އިންޓަނޭޝަނަލް ކޯޕަރޭޝަން އެޖެންސީގެ ދަށުން 13 މިލިއަން ޑޮލަރާއި، ޑިވެލޮޕްމަންޓް ބޭންކް އޮފް އޮސްޓްރިއާގެ ދަށުން ދޭ 5 މިލިއަން ޑޮލަރުގެ ލޯނެވެ. މި ލޯނު އެހީގެ ދަށުން 60 ޕަސެންޓް ލޯނު ދޫކުރާނީ ރާއްޖޭގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށެވެ. އަދި 5 ޕަސެންޓް ދޫކުރާނީ ވިޔަފާރީގެ ދާއިރާގައި ހަރަކާތްތެރިވާ އަންހެނުންނަށެވެ.

އޭޑީބީން ފާހަގަކޮށްފައިވާ ގޮތުގައި ޓޫރިޒަމަކީ ރާއްޖޭގެ އިގުތިސާދުގެ މައި ތަބަށްވާތީ މި ލޯންގެ ތެރެއިން އެ ދާއިރާ އަށް ވެސް ދެވޭ އެހީތަކެއް ދެވޭނެ އެވެ. މީގެ އިތުރުން ރާއްޖޭގެ ކަނޑުތަކާއި ފަޅުތަކާއި މޫސުމަށް އަންނަ ބަދަލުތަކުން ރައްކާތެރިވުމަށް ކުރާ މަސައްކަތަކަށް ވެސް މި ލޯނުގެ ސަބަބުން އެހީތެރިކަން ލިބޭނެ އެވެ.

މި ލޯނު ވިޔަފާރިތަކަށް ދޫކުރާނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މެދުވެރިކޮށެވެ.