Last Updated: May 4, 13:11
Saturday, May 4, 2024
ޚަބަރު

މޯލްޑިވިއަންގެ ބޯޓުތަކަކީ ކަނދުފަތި އުފުލޭ އެއްޗެއް ނޫން

ގައުމީ އެއާލައިން މޯލްޑިވިއަންގެ އާ މަތިންދާ ބޯޓުތަކަކީ ޓޫރިސްޓުން ގެންނަ ކަނދުފަތިތައް އުފުލޭވަރުގެ ބޯޓުތަކެއް ނޫން ކަމަށް ގައުމީ އެއާލައިންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އައިޝަތު ޖެނިފާ ވިދާޅުވެއްޖެ އެވެ.

ޓޫރިސްޓުން ގެންނަ ލަގެޖު އެމީހުންނާ އެކު ނުއުފޭކަމަށް ބުނެ ރާއްޖޭގެ ނޫހަކުން ޖެހި ހަބަރަކާ ގުޅިގެން އޭނާ ވިދާޅުވީ މޯލްޑިވިއަން އިން އަލަށް ގެނައި އޭޓީއާރު ބޯޓުތަކަކީ ކުރިން މޯލްޑިވިއަން އިން ބޭނުން ކުރި ޑޭޝް ބޯޓުތަކާ ހިލާފަށް ޓޫރިސްޓުން ގެންނަ ހުރިހާ ކަނދުފަތި އެރުވޭ ޖާގަ ހުންނަ ބޯޓުތަކެއް ނޫން ކަމަށެވެ.

ޖެނިފާ ވިދާޅުވީ ކަނދުފަތި އުފުލުމަށް ހައްލެއް ހޯދުމަށް މޯލްޑިވިއަންއިން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ވަރަށް މަދުން ނަމަވެސް ލަގެޖް އޮފްލޯޑު ކުރަން ޖެހިދާނެކަމަށެވެ.

ކަނދުފަތި ކަމުގައި ޖެނިފާ މާނަކޮށްފައި ވަނީ ރާޅާއަޅަން ރާއްޖެ އަންނަ ޓޫރިސްޓުން ގެންނަ ސާފު ބޯޑަށެވެ.

ފަހަކަށް އައިސް މޯލްޑިވިއަންގެ ބޯޓު ޑިލޭ ވުމާއި، ލަގެޖު ބާލަން ޖެހުމާއުި، ޓިކެޓު އަގުބޮޑުވުމުގެ ޝަކުވާ އާންމުން އަންނަނީ ކުރަމުންނެވެ.

ގައުމީ އެއާލައިން މޯލްޑިވިއަންއަށް އެތައް ބަޔަކު ފާޑު ކިޔާއިރު އެފަަރާތްތަކަށް ޖެނިފާ ޓްވިޓާގައި ދަނީ ރައްދު ދެމުންނެވެ.