Last Updated: April 19, 11:14
Friday, April 19, 2024
ވިޔަފާރި

"އެޕަލް ޕޭ ލޭޓާ" ތައާރަފުކޮށްފި

އެޕަލް ކުންފުންޏާ އެކީ ހިންގާ ވިޔަފާރީގެ މުއާމަލާތްތައް ލުއިކޮށް ދިނުމުގެ ގޮތުން "އެޕަލް ޕޭ ލޭޓާ" ތައާރަފުކޮށްފި އެވެ.

އިއްޔެ ލިމިޓެޑް ކަސްޓަމަރުންތަކެއްގެ މެދުގައި ތައާރަފުކުރި މި ހިދުމަތާ އެކީ އެޕަލްގައި ކުރާ މުއާމަލާތްތަކަށް ދައްކަން ޖެހޭ ފައިސާ ހަ ހަފުތާގެ ތެރޭގައި ދެއްކޭ ގޮތަށް ހަތަރު ބަޔަކަށް ބަހާލައިގެން ދެއްކުމުގެ ފުރުސަތު ކަސްޓަމަރުންނަށް ވަނީ ފަހިކޮށް ދީފަ އެވެ. އެޕަލް އިން ބުނި ގޮތުގައި "އެޕަލް ޕޭ ލޭޓާ" އަކީ މުއާމަލާތްތައް މެނޭޖްކޮށް، ޓްރެކްކޮށް، އެޕަލް ވޮލެޓް ލޯނު ވެސް ފަސޭހަކޮށް ދެއްކޭނެ ހިދުމަތެކެވެ.

މި ހިދުމަތާ އެކީ އެޕަލް އިން ވަނީ ކަސްޓަމަރުންނަށް އިން-އެޕާއި އޮންލައިންކޮށް ކުރާ 50-1،000 ޑޮލަރާ ދެމެދުގެ މުއާމަލާތްތަކަށް އަނބުރާ ފައިސާ ދައްކަން "އެޕަލް ޕޭ ލޭޓާ" ގެ ފުރުސަތު ފަހިކޮށްފަ އެވެ. އަދި އެކަމަށް އެއްވެސް ފީއެއް، އިންޓަރެސްޓެއް ނުނަގާނެ އެވެ.

އެޕަލް އިން ބުނީ "އެޕަލް ޕޭ ލޭޓާ" އަށް ޝަރުތު ހަމަވާ ހުރިހާ ކަސްޓަމަރުންނަށް އެ ހިދުމަތް މާ ލަސްތަކެއް ނުވެ އާންމުކޮށް އާންމުކުރާނެ ކަމަށެވެ.

އެޕަލް އަކީ އާންމުންގެ ތެރޭގައި މަގުބޫލު އުފެއްދުންތައް ކަމަށްވާ އައިފޯނާއި އައިޕެޑާއި އެއާޕޮޑްސް ފަދަ ޒަމާނީ ވަސީލަތްތައް ވިއްކާ ވަރުގަދަ ޓެކް ކުންފުންޏެކެވެ.