Last Updated: April 23, 23:56
Tuesday, April 23, 2024
ޚަބަރު

ނިލަންދޫ ކައުންސިލް މެދުވެރިވެ ހައްޖު ދަތުރެއް

ގއ. ނިލަންދޫ ކައުންސިލް މެދުވެރިގެން އެ ރަށުގެ ރައްޔިތަކަށް މި އަހަރު ވެސް ހައްޖަށް ދިއުމުގެ ފުރުސަތު ދޭން ނިންމައި އެކަމަށް ކުރިމަތިލާން ހުޅުވާލައިފަ އެވެ.

ކައުންސިލުން ބުނީ މި ހައްޖު ދަތުރަކީ ކުރިން ވެސް އެ ރަށުގެ މީހުންނަށް ހައްޖަށް ދިއުމުގެ ފުރުސަތު ފަހިކޮށް ދީފައިވާ ކުންފުނި، ލިއޯ ޓްރޭޑިން ދޭ ހައްޖި ދަތުރެއް ކަމަށެވެ. މި ފަހަރު އެ ފުރުސަތު ދޭނެ މީހަކު ހޮވަން ކައުންސިލާ ހަވާލުކޮށްފައިވާ އިރު، ހައްޖު ދަތުރަށް ޝައުގުވެރިވާ ނިލަންދޫގެ ރައްޔިތުންނަށް މިހާރު ވަނީ ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފަ އެވެ.

އެންމެ ފަހު ސުންގަޑި އަކީ އަންނަ މަހުގެ 10 އެވެ.

ނިލަންދޫ ކައުންސިލުން ބުނީ ޙައްޖަށް ދިއުމަށް ހޮވޭ މީހަކާ އެކި އެހީތެރިއެއް ނުވަތަ މަޙްރަމެއް ދާންޖެހޭ ނަމަ އެކަމެއް ހަމަޖައްސަން ޖެހޭނީ ހައްޖު ދަތުރެއް ހޮވޭ މީހާ އަމިއްލަ އަށް ކަމަށެވެ.

ކައުންސިލުން ބުނީ ޙައްޖު ދަތުރަށް އެކަކަށް ވުރެ ގިނައިން ނަން ހުށަހަޅައިފި ނަމަ ޝަރުތުހަމަވާ މީހަކު ކަނޑައަޅާނީ ކައުންސިލުން އެކަމަށް އައްޔަންކުރާ ކޮމެޓީއަކުން ކަމަށެވެ. ޝަރުތު ހަމަވާ މީހުން އެކަކަށްވުރެ ގިނަ ނަމަ ޙައްޖަށް ދާނެ ފަރާތެއް ކަނޑައަޅާނީ ގުރުއަތަކުންނެވެ.