Last Updated: April 25, 12:03
Thursday, April 25, 2024
ޚަބަރު

ރައީސް އޮފީހުގެ މިނިސްޓަރުކަމުން ޝިފާޒް ވަކިކޮށްފި

ރައީސް އޮފީހުގެ މިނިސްޓަރުގެ މަގާމުގައި ހުންނެވި އެމްޑީޕީގެ ނައިބު ރައިސް މުހައްމަދު ޝިފާޒް (ޝިއްޕެ) މަގާމުން ވަކިކޮށްފިއެވެ.

ޝިފާޒް މަގާމުން ވަކިކޮށްފައިވާކަން ރައިސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވަނީ "އައްޑޫލައިވް"އަށް ކަށަވަރު ކޮށްދީފައެވެ.

ޝިފާޒް ރައީސް އޮފީހުގެ މިނިސްޓަރުގެ މަގާމުން ވަކިކޮށްފައި ވާއިރު، އެމްޑީޕީގެ އެތެރޭގައި އުފެދިފައިވާ ނުތަނަވަސްކަމުގައި ޝިއްޕެ ތާއީދުކުރައްވާ މަސައްކަތް ކުރައްވަމުން އަންނަނީ އެމްޑީޕީގެ ރައިސް މުހައްމަދު ނަޝީދާ އެކުގައެވެ.

މިފަހުން ވަނީ އެސްޓީއޯގެ އެމްޑީގެ މަގާމުގައި ހުންނެވި ހުސައިން އަމްރުވެސް މަގާމުން ވަކިކޮށްފައެވެ. އަމްރުއަކީވެސް ރައީސް ނަޝީދަށް ތާއީދުކުރައްވާ އެމަނިކުފާނާއެކު މަސައްކަތް ކުރައްވަމުން އަންނަ ބޭފުޅެވެ.

އެމްޑީޕީގެ ޕްރައިމަރީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކާމިޔާބު ކުރެއްވިއިރު، ރައިސް ނަޝީދު އަންނަނީ "ފިކުރެއްގެ ދިރުން" ނަމުގައި ހަރަކާތެއް ކުރިއަށް ގެންދަވަމުންނެވެ. އަދި ޖޭޕީން ރިޔާސީ ޕްރައިމަރީގައި ވާދަކުރާއިރު، "ފިކުރެއްގެ ދިރުން"އިން އެޕާޓީއާ ގުޅިގެން މެނިފެސްޓޯއެއް އެކުލަވާލުމުގެ މަސައްކަތްވެސް ކުރަމުން އަންނަކަން ހާމަކޮށްފައިވެއެވެ.