Last Updated: April 16, 23:13
Tuesday, April 16, 2024
ޚަބަރު

މޯލްޑިވިއަންގެ 3 ވަނަ އޭޓީއާރު އާދީއްތަ ދުވަހު ރާއްޖެއަށް

މޯލްޑިވިއަންގެ 3 ވަނަ އޭޓީއާރު އަންނަ ހަފްތާގެ އާދީއްތަ ދުވަހު މާލެ އަންނާނެ ކަމަށް މޯލްޑީވިއަންއިން ހާމަކޮށްފިއެވެ.

މިކަމާއި ގުޅޭގޮތުން މޯލްޑިވިއަންއިން ބުނީ، އެ ބޯޓު މިހަފްތާގެ ހުކުރު ދުވަހު ފްރާންސްގެ ޓޫލޫސްއިން ރާއްޖެ އައުމަށް ފުރާނެ ކަމަށެވެ. އަދި އަންނަ އާދީއްތަ އެ ބޯޓު ރާއްޖެ އަންނާނެއެވެ. އަދި ބޯޓު އާންމު އޮޕަރޭޝަނަށް މަހެއްހާ ދުވަހު ތެރޭ ނެރުމަށް މަސައްކަތް ކުރަމުންދާކަމަށް އެކުންފުނިން މައުލޫމާތުދެއެވެ.

މޯލްޑިވިއަންގެ ދަތުރުތައް ކުރުމަށް އެކުންފުނިން 3 އޭޓީއާރު ގަނެފައިވާއިރު، އޭގެ ތެރެއިން އޭޓީއާރް 600-72 މަރުކާގެ 2 ބޯޓު ރާއްޖެ ގެނެސް އާންމު ދަތުރުތަކުގައި ވަނީ ބޭނުން ކުރަން ވަނީ ފަށާފައެވެ. އަދި މިހާރު ނުގެނެވި ވަނީ އޭޓީއާރް 600-42 މަރުކާގެ ބޯޓު އެކަނިއެވެ. މިއީ 46 މީހުންގެ ޖާގައިގެ ބޯޓެކެވެ.

މޯލްޑިވިއަންގެ އައު އޭޓީއާރް ކޮމާޝަލް ދަތުރުތަށް ފެށުމާއި ދިމާކޮށް މީޑިއާއާއި ވާޙަކަ ދައްކަމުން އެކުންފުނީގެ މެނޭޖިންގް ޑިރެކްޓަރ މުހައްމަދު މިހާދު ވިދާޅުވީ، އެކުންފުނީގެ މިހާރުގެ އަމާޒަކީ ކުރިއަށް އޮތް ދެ އަހަރު ތެރޭ އިތުރު 5 އޭޓީއާރް ބޯޓު ހޯދުން ކަމަށެވެ. އަދި އެއް ވަތަރެއްގެ ގިނަ ބޯޓުތައް ހުރުމަކީ އޭގެ ހުރިހާގޮތަކުންވެސް ފައިދާ ވާނެ ކަމެއް ކަމަށް މިހާދު ވިދާޅުވިއެވެ.

މޯލްޑިވިއަންގެ މިހާރު އޮތް ފްލީޓަށް ބަދަލު ގެންނަން އެކުންފުނިން ނިންމާފައިވަނީ މިހާރު ތިބި ބޯޓުތައް ދުވަސްވެ، މެއިންޓެނެންސް އަށް ގްރައުންޑް ކުރަން ޖެހުން އިތުރުވެފައިވާތީއެވެ. މިއާއެކު މުޅިން އައު އޭޓީއާރް 3 ބޯޓު އެކުންފުނިން ގަނެފައިވާއިރު މިއީ މިހާރުގެ މި ބާވަތުގެ އުދުހުންތަކުގައި ބޭނުންކުރާ އެންމެ ރަނގަޅު ބޯޓުތައް ކަމަށް އެކުންފުނިން ބުނެއެވެ.