Last Updated: March 29, 13:51
Friday, March 29, 2024
ރިޕޯޓް

ރޯދަ ރަހަ: ޓޫނާ އެންޑް ޗީޒް ބޯލްސް

* ބޭނުންވާ ތަކެތި:

100 ގްރާމް ޓޫނާ
ހެޔޮވަރުގެ 4 އަލުވި (ފެނު ކައްކާފައި)
1/2 ތަށީގެ މޮޒަރެއްލާ ޗީޒް
ގްރީން އޮނިއަންސް 2
1 ގްރީން ޗިލީ
3 ސަމުސާއަށް ވާ ވަރަށް ކޮރިއަންޑާ ފަށް ކުދިކޮށް ކޮށާފައި
1 މޭޒުމަތީ ސަމުސާ ލޮނު
1 މޭޒުމަތީ ސަމުސާ ޕެކްރީކާ ޕައުޑާ
2 މޭޒުމަތީ ސަމުސާ ޗިލީ ސޯސް
2 މޭޒުމަތީ ސަމުސާ ސޯއި ސޯސް
1/4 ސަމުސާ އަސޭމިރުސް
1 މޭޒުމަތީ ސަމުސާ ލޮނުމެދާއި އިނގުރު ޕޭސްޓް
ޖޯޑެއްގެ ބްރެޑް ކްރަމްސްބް

* ތައްޔާރު ކުރާނެ ގޮތް:

ޓޫނާ، ޗިލީ ޕޭސްޓް، ސޯއި ސޯސް، އަސޭމިރުސް، އަދި ލޮނުމެދު/އިނގުރު ޕޭސްޓް އެއްކޮށް ތަވަޔަށް އަޅާފައި އަށް މިނެޓެއްހާ އިރު ވަންދެން ހަނާކޮށްލާށެވެ. ދެން ގްރީން ޗިލީ، ކޮރިއަންޑާ، ގްރީން އޮނިއަން އަދި ކެއްކި މަސް، ވަކިން ކުދިކޮށް ކޮށާލާށެވެ. އެއަށް ފަހު މަސް ކެއްކި ތަވަޔަށް އަލުވި އަޅާފައި މޭޝްކޮށްލާށެވެ. އޭރުން ތަވާގައި ހުރި ސޯސްގެ ރަހަ އަލުތްވަށް ވަންނާނެއެވެ. މޭޝްކޮށްފައި ހުރި އަލުވީގެ ތެރެއަށް ކުދިކޮށް ކޮށި ގްރީން ޗިލީ، ކޮރިއަންޑާ، ގްރީން އޮނިއަން އަދި ކުރިން ކެއްކި މަސް، ލޮނާއި ޕެޕްރީކާއާއެކު އަޅާލާށެވެ.

އެއަށް ފަހު ގާނާފައި ހުރި މޮޒަރެއްލާ ޗީޒް އަޅާފައި އެއްކޮށްލާށެވެ. ދެން ކުދި ބޯޅަތަކެއް ހަދާލާށެވެ. އެއަށް ފަހު ފުށާއި ފެނާއި ޕެޕްރީކާ އަދި ލޮނު އެއްކޮށްގެން ޕޭސްޓެއް ހަދާލާށެވެ. އެއަށް ބޯޅަތައް އެއަށް ލުމަށް ފަހު އޭގެ ވަށައިގެން ބްރެޑް ކްރަމްސްބްލާފައި ތެލުލާނީ އެވެ.