Last Updated: April 19, 13:47
Friday, April 19, 2024
މުނިފޫހިފިލުވުން

"ޕީއެސް 2" ގެ ޓްރެއިލާ ދައްކާލައިފި

ބޮލީވުޑްގެ ބަތަލާ އައިޝްވާރިއާ ރާއީ މުހިއްމު ރޯލެއް ކުޅެފައިވާ ތަމަޅަ ފިލްމު ޕޮނިޔިން ސެލްވަން (ޕީއެސް) ގެ ދެވަނަ ބައިގެ ޓްރެއިލާ ދައްކާލައިފި އެވެ.

އަންނަ މަހުގެ 28 ގައި ސިނަމާތަކަށް ނިންމާފައިވާ މި ފިލްމަކީ ކުޅަދާނަ ޑައިރެކްޓަރު މަނީ ރަތުނަމް ގެނެސްދޭ ތާރީހީ އެކްޝަން އެޑްވެންޗާއެކެވެ. "ޕީއެސް 1" ބެލުންތެރިންނަށް ގެނެސްދިނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު 30 ގަ އެވެ. ތަމަޅަ ބަހުގެ އިތުރަށް ހިންދީ އާއި ތެލެގޫ ބަހުން ވެސް ޑަބްކޮށްގެން ގެނެސްދިން އެ ފިލްމަކީ މިދިޔަ އަހަރު އެންމެ ރަނގަޅު ވިޔަފާވެރިއެއްކުރި އެއް ފިލްމެވެ.

އައިޝްވާރިއާ ޑަބަލް ރޯލެއް ކުޅެފައިވާ "ޕީއެސް" ބޮޑު ކާސްޓެއް ހިމެނޭ ފިލްމެކެވެ. މީގެ ގިނަ ތަރިންނަކީ އިންޑިއާގެ ދެކުނު ފިލްމު އިންޑަސްޓްރީގެ ތަރިންނެވެ. އެގޮތުން ކާސްޓްގައި ވިކްރަމް، ޖަޔަރާމް ރަވީ، ޓްރިޝާ، ޖަޔަރާމް، ޕްރަބޫ، ޕްރަކާޝް ރާޖް، އާރް ސަރަތުކުމާރު އަދި ޝޮބީތާ ދުލިޕާލާ ހިމެނެ އެވެ.

އައިޝްވާރިއާ އެންމެ ފަހުން ކުޅުު ހިންދީ ފިލްމަކީ 2016 ގެ "އޭ ދިލް ހެ މުޝްކިލް" އެވެ.