Last Updated: April 26, 10:52
Friday, April 26, 2024
ޚަބަރު

މިރޭގެ އިހުޔާ ފޯރަމްގައި އިމްރާން

އިސްލާމިކް މިނިސްޓްރީން ރޯދަ މަހުގެ ރޭތައް އިހުޔާކުރަން ބާއްވަމުން އަންނަ ފޯރަމްތަކުގެ ތެރެއިން މިރޭގެ ފޯރަމްގައި ހޯމް މިނިސްޓަރު ޝެއިހް އިމްރާން އަބްދުﷲ ބައިވެރިވެވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

މިނިސްޓްރީން ބުނީ މިރޭ އިސްލާމީ މަރުކަޒުގައި ބާއްވާ ފޯރަމްގެ މައުޟޫ އަކީ "އައީ ކޮން ތާކުން؟ އަދި ދާނީ ކޮން ތާކަށް؟" ކަމަށެވެ. އެ މައުޟޫ އަށް ވާހަކަ ދައްކަވާނީ އިމްރާންގެ އިތުރުން ޝެއިހް އަބްދުﷲ ރަޝީދެވެ.

މިރޭގެ ފޯރަމް ފަށާނީ 9:30 ގަ އެވެ. އަދި ޓީވީއެމާއި މުންނާރު ޓީވީން ފޯރަމް ލައިވްކުރާ ގޮތަށް ހަމަޖެހިފައިވާ އިރު، އިސްލާމިކް މިނިސްޓްރީގެ ސޯޝަލް މީޑިއާތަކުން ވެސް ފޯރަމް ލައިވްކޮށް ބަލައިލެވޭނެ އެވެ.

މިރޭގެ ފޯރަމަކީ މި ރޯދަ މަހު ބާއްވާ ފަސް ވަނަ ފޯރަމެވެ.

އެންމެ ފަހުން މިދިޔަ އަންގާރަ ދުވަހުގެ ރޭ ބޭއްވީ ޅ. ނައިފަރުގަ އެވެ.