ދައުލަތުގެ މީޑިއާ، ޕީއެސްއެމަޑް އިއްޔެ 45 އަހަރު ފުރުމާ ދިމާކޮށް އާ ޗެނަލެއް ލޯންޗްކޮށްފި އެވެ.
އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ރަސްމީކޮށް ލޯންޗްކޮށް ދެއްވި ޗެނަލްގެ ނަމަކީ "ޓީވީއެމް ޤުރުއާން" އެވެ.
އެ ލޯންޗްކުރަން ބޭއްވި ހަފުލާގައި ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު ޢަލީ ޚާލިދު ވިދާޅުވީ، "ޓީވީއެމް ޤުރުއާން ޗެނެލް" އަކީ ވަރަށް ގިނަ ކަންކަމަށް ބެލުމަށްފަ ފަހު، ލޯޗްކުރި ޗެނަލެއް ކަމަށާއި އެ ޗެނެލް އާންމުންނަށް ގެނެސްދޭނީ ދާދި ފަހުން ފެށި އެސްއެސް ނެޓްވޯކް މެދުވެރިކޮށް ކަމަށެވެ.
"ޓީވީއެމް ޤުރުއާން" އަކީ މި ޤުރްޢާނުގެ ދިވެހި ތަރުޖަމާ ފެންނަ ގޮތަށް ހާއްސަކޮށްގެން ތައާރަފު ކުރި ޗެނަލެކެވެ. މީގެ މައިގަނޑު މަގުސަދަކީ ޤުރުއާނުގެ ދިވެހި ތަރުޖަމާ އަށް އާންމުން ހޭލުންތެރިކޮށް، މުޖްތަމައުގައި ޤުރުއާނަށް އޮތް ލޯބި އިތުރުކޮށް ކުރިއެރުވުމެވެ. އަދި އާ ޗެނެލްގެ ހިދުމަތް 24 ގަޑިއިރު ލިބޭނެ އެވެ.
ޕީއެސްއެމުން ހިންގާ ޗެނަލްތަކުގެ ތެރޭގައި ޓީވީއެމް، ޕީއެސްއެމް، ޔެސްޓީވީ އަދި މުންނާރު ޓީވީ ހިމެނެ އެވެ.