Last Updated: May 4, 12:11
Saturday, May 4, 2024
ޚަބަރު

ޝިފާޒަށް ވަކި އިތުރު ކަމެއް ކުރެވިފައެއް ނޯންނާނެ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ގެނައުމަށް އެ ބޭފުޅުން ނުކުރައްވާ ކަމެއް އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒަށް ވަކި ކުރެއްވިފައި ނޯންނާނެ ކަމަށް މަރަދޫ ދާއިރާ އެމްޑީޕީ މެމްބަރު އިބްރާހިމް ޝަރީފު (މަވޯޓާ) ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގެ މިނިސްޓަރުކަމުން ޝިފާޒު އިއްޔެ ވަކިި ކުރެއްވުމާ ގުޅިގެން އެމްޑީޕީގެ ރައީސް ނަޝީދު ވިދާޅުވީ ޝިފާޒަށް ވުރެ ބޮޑަށް މި ސަރުކާރު ގެނައުމަށް ގުރުބާންވި ބޭފުޅަކު ނެތް ކަމަށެވެ.

ނަޝީދުގެ އެ ވާހަކައަށް ރައްދު ދެއްވައި މަވޯޓާ ވިދާޅުވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ އެކީ އެމްޑީޕީ އަށް ވެރިކަން ހޯދައި ދިނުމަށް އެ ބޭފުޅުން ނުކުރާ ކަމެއް ޝިފާޒަށް ކުރެވިފައި ނޯންނާނެ ކަމަށެވެ. އަދި ޝިފާޒް ކުރެއްވި މަސައްކަތުގެ ބަދަލެއްގެ ގޮތުގައި މިއަދާ ހަމައަށް މުސާރަ ލިބިގެން މަތީ މަގާމެއްގައި ހުންނެވުނު ކަމަަށް ވިދާޅުވި އެވެ.

ޝިފާޒު މަގާމުން ވަކި ކުރުމާ ގުޅިގެން ނަޝީދުގެ "ފިކުރެއްގެ ދިރުން" އަށް ތާއިދުކުރާ މެމްބަރުން ގެންދަނީ ސަރުކާރަށް ފާޑު ކިޔަމުންނެވެ.

ޝިފާޒުގެ އިތުރުން އެ ފެކްޝަނުގައި އުޅުއްވާ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ހުސައިން އަމްރު ވެސް މި ހަފުތާގައި ވަނީ ވަނީ މަގާމުން ވަކިކޮށްފަ އެވެ.