Last Updated: June 23, 11:50
Tuesday, June 23, 2026
ޚަބަރު

ނާމޯސްގެ ރިސޯޓެއް ރާއްޖޭގައި ހުޅުވަނީ

ރާއްޖޭގައި ލަގްޒަރީ ރިސޯޓްތަކެއް ތަރައްގީކޮށް ހުޅުވަން މިހާރު ވެސް ޕްލޭންތަކެއްކޮށްފައިވާ ޔޫއޭއީގެ ކުންފުންޏަކުން އަނެއްކާ ވެސް މަތީ ފެންވަރުގެ ރިސޯޓެއް ރާއްޖޭގައި ތަރައްގީ ކުރަން ނިންމާފައިވާ ކަމަށް ބުނެފި އެވެ.

ދެހާސް ފަންސަވީހުގައި ހުޅުވަން އަމާޒު ހިފާފައިވާ މި ރިސޯޓަކީ ނާމޯސް ހޮޓެލް އެންޑް ރިސޯޓްސް އިން "ނާމޯސް މޯލްޑިވްސް ނެދަފުށީ" ގެ ނަމުގައި މާލެ އަތޮޅުގައި ތަރައްގީކުރާ ރިސޯޓެކެވެ. މި ރިސޯޓް ތަރައްގީ ކުރަނީ އަފްލާ ދާބީ އާއި މޮންޓެރެކް އިންޓަނޭޝަނަލް ގުޅިގެންނެވެ.

"ނާމޯސް މޯލްޑިވްސް ނެދަފުށީ" ގެ މަސައްކަތް ކުރަމުން ދިޔަ ނަމަވެސް އެއީ ކިތައް އެނދުގެ ރިސޯޓެއް ކަމެއް އަދި ހާމައެއް ނުކުރެ އެވެ. އެކަމަކު މިއީ ޓޫރިސްޓުންނަށް ރާއްޖޭގައި ވަރަށް ތަފާތު ތަޖުރިބާތަކެއްކޮށްލެވޭނެ، އެތައް ހިދުމަތެއް ލިބޭނެ ވަރަށް ހިތްގައިމު ރިސޯޓަކަށް ވާނެ ކަމަަށް ބުންޏެވެ.