Last Updated: April 19, 22:45
Friday, April 19, 2024
ދުނިޔެ

އޭއައިއާ ހެދި 300 މިލިއަން ވަޒީފާ ގެއްލިދާނެ!

އާޓިޝަލް އިންޓެލިޖެންސް (އޭއައި) އާ އެކީ މިހާރު ކުރިއަރަމުން އަންން ޗެޓްޖީޕީޓީ ފަދަ ޕްލެޓްފޯމްތަކާ ކުރިއަށް އޮތް ތަނުގައި 300 މިލިއަންގެ މީހުންގެ ވަޒީފާ ގެއްލިދާނެ ކަމަށް ބުނެފި އެވެ.

ޓެކްނޮލޮޖގެ ވަސީލަތްތަކަށް ބަރޯސާވާ މިންވަރު މިހާރު ވެސް ބޮޑުވެ، މީހުންގެ ވަޒީފާ ގެއްލެމުންދާ އިރު، އޮޓޮމޭޓިކްކުރެވޭ ހިދުމްތަކަކާ އެކީ އިންސާނުންނަށް ކުރިއަށް އޮތީ ހަމަ ވަރަށް ބޮޑު ގެއްލުމަކަށް ވެދާނެ އެވެ. މިކަމާ ކަންބޮޑުވުން ފާޅުކޮށް އެމެރިކާގެ މަޝްހޫރު އިންވެސްޓްމަންޓް ބޭންކް، ގޯލްޑްމަން ސަކްސްގެ އިގުތިސާދީ މާހިރުން ލަފާކުރައްވާ ގޮތުގައި ކުރިއަށް އޮތް ތަނުގައި ދުނިޔޭގެ ވަޒީފާގެ ބާޒާރުގައި ލިބެން ހުރި ފުރުސަތަކުގެ ތެރެއިބް 18 ޕަސެންޓް ވަޒީފާތައް ކޮމްޕިއުޓަރައިޒް ކުރެވި އިންސާނުންގެ ބޭނުން ކުޑަވާނެ އެވެ.

މީގެ ސަބަބުން އެންމެ ނުރައްކަލެއް އޮތީ އާދައިގެ މަސައްކަތްކުރާ މީހުންނަށް ވުރެ ބޮޑަށް ޓައި އަޅައިގެން އޮފީސް މަސައްކަތްކުރާ މީހުންނަށެވެ. އޭގެ ތެރޭގައި އެކި ތަންތަނުގައި އިދާރީ މަސައްކަތްތައް ކުރާ މީހުންނާއި ލޯޔަރުން ފަދަ މީހުންނަށް ވަޒީފާ ގެއްލުމުގެ ބިރު ވަރަށް ބޮޑެވެ.

އެގޮތުން މިހާރު ވެސް އެމެރިކާ އާއި ޔޫރަޕަށް ބަލާ އިރު، ތިންބައިކުޅަ ދެބައި ވަޒީފާތަކަކީ އޭއައި އަށް ބަރޯސާވެފައިވާ ވަޒީފާތަކެވެ.

ގޯލްޑްމަން ސެކްސް އިން ބުނި ގޮތުގައި ދުނިޔެ މިހާރު ބައްޓަންވަމުންދާ ގޮތަށް ބަލާ އިރު، ވަޒީފާތަކަށް އިންސާނުންގެ ބޭނުންތެރިކަން ކުޑަވަމުންދާ އިރު، އޭއައިގެ ތެރެއިން ހޯދޭ ކުރިއެރުންތަކަކާ އެކީ މަސައްކަތްތައް އަވަސްވެ، ދުނިޔޭގެ އުފެއްދުންތެރިކަން އިތުރުވާނެ އެވެ. އެގޮތުން ލަފާކޮށްފައިވާ ގޮތުގައި ކުރިއަށް އޮތް 10 އަހަރުގެ ތެރޭގައި ދުނިޔޭގެ އުފެއްދުންތެރިކަން 7 ޕަސެންޓަށް އިތުރުވާނެ އެވެ.