Last Updated: April 24, 23:11
Wednesday, April 24, 2024
މުނިފޫހިފިލުވުން

"މައިދާން" ގެ ޓީޒާ ބަލާލަން ވާނެ

މި އަހަރުގެ ޖޫންގައި ރިލީޒްކުރަން ހަމަޖެހިފައިވާ އަޖޭ ދޭވްގަންގެ ފިލްމު "މައިދާން" ގެ ޓީޒާ މިއަދު ދައްކާލައިފި އެވެ.

ހުނަވެރި އެކްޓަރުގެ މޮޅު އެކްޓިންއެއް ފެންނާނެ މި ފިލްމަކީ އިންޑިއާގެ ފުޓްބޯޅައިގެ ރަންޒާމުގައި އަދި އެ ގައުމުގެ މި ޒަމާނުގެ ފުޓްބޯޅައިގެ ބައްޕަގެ ގޮތުގައި ސިފަކުރާ ކޯޗް، ސައިދު އަބްދުއްރަހީމްގެ ވާހަކަ ކިޔައިދޭ ބައޮގްރަފިކަލް ސްޕޯޓްސް ޑްރާމާއެކެވެ.

ބެލުންތެރިންގެ ބޮޑު ތަރުހީބެއް ހޯދި 2018 ގެ "ބަދާއީ ހޯ" ގެނެސްދިން އަމިތު ޝަރުމާ ޑައިރެކްޓްކޮށްފައިވާ "މައިދާން" ގައި އަޖޭ ސައީދުގެ ރޯލު ކުޅެފައިވާ އިރު، މީގެ ކާސްޓްގައި ޕްރިޔަމަނީ، ގަޖްރާޖް ރާއޯ، އަރިއަން ބޯމިކް އަދި ރުދުރަނިލް ގޯޝް ހިމެނެ އެވެ.

ފިލްމު ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ ޖޫން 23 ގަ އެވެ.

"މައިދާން" ގެ ޓީޒާ މިއަދު ބެލުންތެރިންނަށް ދޫކޮށްލި އިރު، އަޖޭގެ "ބޯލާ" މިއަދު ވަނީ ސިނަމާތަކުގައި ދައްކަން ފަށައިފަ އެވެ.