Last Updated: July 21, 18:02
Wednesday, July 22, 2026
ދުނިޔެ

ނޫސްވެރިޔަކު ރަޝިއާ އިން ހިފަހައްޓައިފި

އެމެރިކާ އަށް ޖާސޫސްކޮށްދޭ ކަމަށް ބުނެ އެ ގައުމުގެ ނޫސްވެރިޔަކު ރަޝިއާ އިން ހިފަހައްޓައިފި އެވެ.

ރަޝިއާ އިން ހިފަހައްޓާފައި ވަނީ ވޯލް ސްޓްރީޓް ޖާނަލްގައި މަސައްކަރްކުރާ އިވަން ގާޝްކޮވިޗް އެވެ. އޭނަ ރަޝިއާ އިން ހިފަހެއްޓުމާ ގުޅިގެން އެ ނޫހުން ބުނީ އިވަންގެ ސަލާމަތާއި ރައްކާތެރިކަމާ ދޭތެރޭ މިހާރު ވަރަށް ކަންބޮޑުވާ ކަމަށެވެ.

ކްރެމްލިން އން ބުނެފައވާ ގޮތުގައި ނޫސްވެރިޔާ ހިފަހެއްޓީ އޭނަ ރަޝިއާގައި ހުރެގެން އެމެރިކާ އަށް ޖާސުސްކޮށްދޭ ކަމަށް ޝައްކު ކުރެވި ފާރަލަމުން ދަނިކޮށް، ރެޑް-ހޭންޑެޑްކޮށެވެ. އިވަން ހިފަހެއްޓުމަށް ފަހު، އޭނަ ހައްޔަރުކޮށްފައި ބެހެއްޓުމުގެ ރަސްމީ އަމުރަކަށް ވެސް ރަޝިއާގެ އެފްއެސްބީން ކޯޓްގައި އެދިފައިވެ އެވެ.

އިވަންގެ މައްޗަށް ރަޝިއާ އިން ކުރާ ތުހުމަތު ވޯލް ސްޓްރީޓް ޖާނަލް އިން ދޮގުކޮށް، ވީހާ ވެސް އަވަހަށް އޭނަ މިނިވަންކޮށް ދޭން ކަމާބެހޭ ފަރާތްތަކަށް ގޮވާލާފައިވެ އެވެ.