* ބޭނުންވާނެ ތަކެތި:
2 ޖޯޑު ބަރަބޯ (ގާނާފަ)
2 ދަޅު ގެރިކިރު
10 ބިސް
2 ސައިސަމުސާ ވެނީލާ އެސެންސް
2 ޖޯޑު ފެން
2 މޭޒު މަތީ ސަމުސާ ހަކުރު
1 ޖޯޑު ހިކި މޭބިސްކަދުރު
2 މޭޒު މަތީ ސަމުސާ ކަސްޓަޑް ޕައުޑާ (ފެންފޮދެއްގައި ގިރާފައި)
* ތައްޔާރު ކުރާނެ ގޮތް:
ބިހާއި ގެރިކިރު އަދި ފެންފޮދު އެއްކޮށް ގިރާލާފައި ފުރާނާލާށެވެ. ފެނާއި ބަރަބޯކޮޅާއި ގިރާފައި ހުރި ކަސްޓަޑް ފައުޑާ ކޮޅާއި އެސެންސް އަދި ހިކި މޭބިސް ކަދުރު އެޅުމަށް ފަހު ރަނގަޅަށް އެއްކޮށްލާށެވެ. ދެން ރޭއަށް ދެ މޭޒުމަތީ ސަމުސާ ހަކުރު އަޅާފައި އުނދުން މައްޗަށް އުދުމަށް ފަހު ހަކުރުކޮޅު ރަތްކޮއްލާށެވެ. އުނދުން މަތިން ބޭލުމަށް ފަހު ގިރާފައި ހުރި ބައި ޓްރޭއަށް އަޅާފައި އާވިން ކައްކާލާށެވެ.
ދެން ކެކުން ހިހޫވުމުން ފްރިޖައް ލުމަށް ފަހު ފިނިކޮށްލާނީ އެވެ.