އިސްލާމިކް މިނިސްޓްރީން ބާއްވަމުން އަންނަ އިހުޔާ ފޯރަމްގެ މިރޭގެ ފޯރަމް ހދ. ކުޅުދުއްފުށީގައި ބާއްވަން ނިންމައިފި އެވެ.
މި ރޯދަ މަހު ބާއްވާ ހަ ވަނަ ފޯރަމް އޮންނާނީ ހދ. އަތޮޅު ތައުލީމީ މަރުކަޒުގަ އެވެ. މި ފޯރަމްގައި "އިސްލާމީ ނަޒަރަކުން ވަގުތު" މި މައުޟޫ އަށް ތަގުގީރު ކުރައްވާނީ ޝެއިހް އަލީ ޒައިދާއި ޝައިހް އަބްދުﷲ އާމިރެވެ. މިރޭގެ ފޯރަމް ފަށާނީ 9:20 ގަ އެވެ. އަދި މި އިވެންޓް މުންނާރު ޓީވީން ލައިވްކުރާނެ އެވެ.
1444 ވަނަ އަހަރުގެ އިޙްޔާ ފޯރަމްގެ 6ވަނަ ޕްރޮގްރާމް
މައުޟޫޢު "އިސްލާމީ ނަޒަރަކުން ވަގުތު"
🎙️ އައްޝައިޙް ޢަބްދުﷲ އާމިރު އަދި އައްޝައިޚް ޢަލީ ޒައިދު
📍 ހދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ހޯލް ⌛️ ގަޑި: 21:30
📅31 މާރިޗް 2023 (ހުކުރު )#އިޙްޔާ pic.twitter.com/lb3TlTdSVg— Ministry of Islamic Affairs (@MVIaffairs) March 30, 2023
މިރޭ ކުޅުދުއްފުށީގައި ބާއްވާ އިހުޔާ ފޯރަމަކީ މި ރޯދަ މަހު އަތޮޅު ތެރޭގައި ބާއްވާ ތިން ވަނަ ފޯރަމެވެ. އެންމެ ފުރަތަމަ މާލޭން ބޭއްވީ ފޯރަމް ބޭއްވީ އައްޑޫ ހިތަދޫގަ އެވެ. އޭގެ ފަހުން ޅ. ނައިފަރުގައި ވެސް ފޯރަމް ވަނީ ބާއްވައިފަ އެވެ.
އިހުޔާ ފޯރަމަަކީ ރޯދަ މަހުގެ ރޭތައް އިހުޔާކޮށް، އާންމުންގެ ދީނީ މައުލޫމާތު މުއްސަނދިކަން އިތުރުކޮށް ދީނީ ކަންކަމަަށް ލޯބި ޖެއްސުމުގެ ގޮތުން ކޮންމެ އަހަރެއްގެ ރޯދަ މަހު ވެސް އިސްލާމިކް މިނިސްޓްރީން ބާއްވަމުން އަންނަ ޕްރޮގްރާމެކެވެ.