ތިން ވަނަ "ވިއަވަތި ރާއްޖެ" މަހާސިންތާ މި އަހަރުގެ މެއި މަހު ބާއްވަން ނިންމައިފި އެވެ.
އެ މަހާސިންތާ ބާއްބަން ނިންމާފައި ވަނީ މެއި 12-14 އަސް ހދ. ހަނިމާދޫގަ އެވެ. މި މަހާސިންތާގެ ތައްޔާރީތައް ރައީސް އޮފީހުން މިހާރު އަންނަނީ ވަނަމުންނެވެ.
"ވިއަވަތި ރާއްޖެ" މަހާސިންތާގެ މައިގަނޑު ބޭނުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ރާއްޖޭގެ ލާމަރުކަޒީ ނިޒާމު ފުރިހަމަކުރައްވައި، ކައުންސިލުތައް ބާރުވެރިކުރުމަށް ފަށްޓަވާފައިވާ މަސައްކަތް އިތުރަށް ހަރުދަނާކުރެއްވުމެވެ. އަދި ރާއްޖޭގެ ލާމަރުކަޒީ ނިޒާމުގެ ހަގީގީ މަންފާ ކައުންސިލުތަކަށް ލިބިދިނުމަށް، ޤާނޫނަށް ގެނައި އިސްލާހުތަކަށް ކައުންސިލްތައް އަހުލުވެރިކުރުމެވެ.
"ވިއަވަތި ރާއްޖެ" ފުރަތަމަ މަހާސިންތާ މެދުރާއްޖޭގެ އަތޮޅުތަކަށް ޚާއްސަކޮށްގެން، މިދިޔަ އަހަރުގެ މެއި މަހު ބޭއްވީ އއ. އުކުޅަހުގައެވެ. މީގެ ދެވަނަ މަހާސިންތާ ދެކުނުގެ އަތޮޅުތަކަށް ހާއްސަކޮށްގެން މިދިޔަ އަހަރުގެ ސެޕްޓެމްބަރުގައި ބޭއްވި ލ. ގަމުގަ އެވެ.