Last Updated: July 15, 18:06
Thursday, July 16, 2026
ޚަބަރު

ޕީޕީއެމުން މިރޭ ދަރުހެއް ބާއްވަނީ

ރޯދަ މަހުގެ ރޭތައް އިހުޔާކުރުމުގެ ގޮތުން ރާއްޖޭގެ އެންމެ ބޮޑު އިދިކޮޅު ޕާޓީ، ޕީޕީއެމުން މިރޭ ދަރުހެއް ބާއްވަން ނިންމައިފި އެވެ.

މިރޭ 9:30 ގައި ފަށާ މި ދަރުސް އޮންނާނީ ޕީޕީއެމްގެ އޮފީހުގަ އެވެ. ދަރުހުގެ މައުޟޫ އަކީ "ރަމަޟާން މަހަކީ ކާމިޔާބީގެ މައްސަރެވެ." ދަރުސް ދެއްވާނީ ޝެއިހް އިބްރާހީމް އަހުމަދެވެ.

މީގެ ކުރިން ވެސް ރޯދަ މަހުގެ ރޭތައް އިހުޔާކުރަން ޕީޕީއެމުން ދަރުސްތައް ބާއްވާފައިވެ އެވެ.

އެ ޕާޓީން މިރޭ ދަރުހެއް ބާއްވާ އިރު، ޕީޕީއެމާއި ޕީއެންސީގެ ސަޕޯޓަރުން ޑިސެމްބަރު މަހުގެ ފަހުކޮޅުން ފެށިގެން މާލޭގައި ރޭގަނޑު މިހާރު ގަވައީދުން ކުރާ ކަމަކީ 11 އަހަރުގެ ޖަލު ހުކުމެއްގައި ހުންނެވި އެ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީން މިނިވަން ކުރަން ގޮވާލައި މުޒާހަރާކުރުމެވެ.